''ހަރިކޭން އިރްމާ'' ކެރީބިއަނަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ހަރީކޭން އިރުމާގެ އިންފްރާރެޑްގެ ސެޓެލައިޓް ފޮޓޯ އެއް--

އެޓްލާންޓިކް ސަރަހައްދަށް މިހާތަނަށް އެރި އެންމެ ބޮޑު ތޫފާން އިރުމަތީ ކޭރީބިއަން ސަރަހައްދަށް މިއަދު އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ގަޑިއަކު 185 މޭލުގެ ބާރުމިނުގައި އެރި "ހަރީކޭން އިރްމާ"ގެ ނަމުން ނަންދީފާއިވާ އެ ތޫފާނުގެ ސަބަބުން ވަނީ ވަރަށް ގިނަ އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ.

ކެޓެގަރީ 5ގެ މި ތޫފާން މިހާރު ދަތުރުކުރަމުންދަނީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ޕުއާޓަރިކޯ އަދި އެހިސާބާ ކައިރި ސަރަހައްދުތައް ކަމަށްވާ ޑޮމިނިކަން ރިޕަބްލިކާއި، ހެއިޓީ އަދި ވާޖިން އައިލެންޑްސް އާ ދިމާއަށެވެ. މި ތޫފާނުގެ އަސަރު ކިއުބާއަށް ވެސް ކުރާނެކަމަށް ވަނީ ބެލެވެން ފަށައިފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރުވެސް ވަނީ އެމެރިކާގެ ފްލޮރިޑާ އާއި، ވާޖިން އައިލެންޑްސް އަދި ޕުއާޓަރީކޯގައި އިމެޖެންސީ ހާލަތު އިއުލާން ކުރައްވައިފައެވެ.

މިތޫފާން ފްލޮރިޑާއަށް އަރާނެ ކަމަށް ބެލެވިފައިވަނީ މިއަންނަ އާދީއްތަ ދުވަހުގެ ހެނދުނެވެ.

ހަރީކޭން އިރްމާގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބުނު ކެރީބިއަން ސަރަހައްދުތައް ކަމަށްވާ ސެއިންޓް މާޓިން އަދި ލީ ޗަތީއޫ ޑެސް ޕަލްމިއާސްގެ ސަރަހައްދުގައި ޓްރަމްޕްގެ ޕްރޮޕަޓީތައް ހުރެއެވެ. އެ ތޫފާނުގައި އެ ޕްރޮޕްޓީތަކަށް ގެއްލުން ލިބުނުކަމެއް މިހާތަނަށް ކަށަވަރުކުރެވިފައެއް ނުވެއެވެ.

މަސްދަރު: ނިއުޔޯކްޓައިމްސް

comment ކޮމެންޓް