ގައުމީ ޔުނިވާސިޓީގައި އަންނަ އަހަރު 122 ކޯސް

ގައުމީ ޔުނިވާސިޓީން މިއަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކާ އިއުލާންކުރުމަށް އެމްއެންޔޫގައި ސީއޭ ބިލްޑިންގްގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ : ޓުވިޓާ

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގައި މިއަންނަ އަހަރު 122 ކޯސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އެޔުނިވާސިޓީން ބުނެފި އެވެ.

ޔުނިވާސިޓީން އަންނަ އަހަރު ފަށާ ކޯސްތައް އިއުލާން ކުރުމަށް އެމްއެންޔޫގެ ސީއޭ ބިލްޑިންގްގައި މިއަދު ބޭއްވި ބައްދަލުވުމެއްގައި ޑެޕިއުޓީ ވައިސް ޗާންސެލާ އައިޝަތު ޝާހީން ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ޓާމުގައި 5315 ކުދިންނަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި މާލެ އާއި ގދ. ތިނަދޫ އާއި ހދ. ކުޅުދުއްފުއްޓާއި ލ.ގަމާއި ގދ. ތިނަދޫ އާއި އައްޑޫ ސީޓީގައިވާ ޔުނިވާސިޓީގެ ކެމްޕަސްއާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގަމުންދާ އައުޓްރީޗް ސެންޓަރުތަކުން ހުޅުވައިލައިފައިވާ ޖާގަތައް ވެސް ހިމެނޭ ކަމަށް އެމްއެންޔޫއިން ބުންޏެވެ.

އެމްއެންޔޫއިން ހުޅުވައިލައިފައިވާ ކޯސްތަކުގެ ތޭރޭގައި

ފައިނޭންސް

ބިސްނަސް މެނޭޖްމަންޓް

މާކެޓިން މެނޭޖްމަންޓް

ސޯޝަލް ޕޮލިސީ

ޖަނަލިޒަމް

ޕޮލިޓިކަލް ސައިންސް

ޓީޗިން

އިންޖިނިއަރިން

އާކިޓެކްޗާ

އިންޓީރިއާޑިޒައިން

ސޯޝަލް ޕޮލިސީ

ފާމަސީ

ނާސިން

ޕްރައިމަރީ ހެލްތުކެއާ

އިސްލާމިކް ސްޓަޑީޒް

އެމްއެންޔޫއިން ބުނީ މިއަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ފައުންޑޭޝަން ލެވަލް 2، ސެޓްފިކެޓް ލެވަލް 3 ، އެޑްވާންސް ސެޓްފިކެޓް، ޑިޕްލޮމާ، ބެޗަލާސް ޑިގްރީ އަދި މާސްޓާސް ލެވަލްގެ ކޯސްތައް ހިމެނޭ ކަމަށް އެމްއެންޔޫ އިން ބުންޏެވެ.

މިއަންނަ އަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުގައި 14 މާސްޓަސް ކޯހަކުން 430 ޖާގަ ހިމެނޭ އިރު އަންޑްގްރެޖުއޭޓްގެެ 66 ކޯހަކުން 2045 ޖާގަ ވަނީ ހުޅުވައިލައިފަ އެވެ. އޭގެ އިތުރުން ފައުންޑޭޝަން ލެވަލްގެ 395 ޖާގައާއި ސެޓްފިކެޓް 3 ، 4 އަދި އެޑްވާންސް ސެތްފިކެޓް ލެވަލްގެ 1455 ޖާގަ އަދި ޑިޕްލޮމާ އަދި އެޑްޥާންސް ލެވަލްގެ 580 ޖާގަ ހިމެނޭކަމަށް ވެސް އެމްއެންޔޫ އިން ބުންޏެވެ.

މިއަދުގެ ރަސްމިޔާތުގައި ވާހަކަދައްކަވަމުން އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލާ މުއާވިޔަތު މުހައްމަދު ވިދާޅުވީ މިއަންނަ އަހަރުގެ ކޯސްތަކަށް ވަނުމަށް އެދި ފޯމްހުށައަޅާއިރު އިސްކަންދޭނީ ކޯސްތަކަށް އެދި ފޯމު ހުށައަޅާ ތަރުތީބުންނެވެ.

މިއަންނަ އަހަރުގެ ކޯސްތަކަށް ވަނުމަށް ބޭނުންވާ އިތުރު މައުލޫމާތު އެމްއެންޔޫގެ ވެބްސައިޓާއި އަދި ފޭސްބުކްޕޭޖް އިން ލިބޭނެ ކަމަށް އެމްއެންޔޫއިން ބުންޏެވެ.

comment ކޮމެންޓް