އިންޓަ ސްކޫލް ފުޓްބޯޅަ:
މުހުޔިއްދީނަށާއި އިމާދުއްދީނަށް މޮޅެއް

މައިލޯ އިންޓަ ސުކޫލް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ވެސް ވަނީ ދެ މެޗެއް ކުޅެފައެވެ. ފުރަތަމަ މެޗް ކާމިޔާބު ކުރީ ވިލިމާލޭ މުހުޔިއްދީން ސުކޫލެވެ. ދެ ވެނަ މެޗް ކާމިޔާބު ކުރީ އިމާދުއްދީން ސުކޫލެވެ.

ތާޖުއްދީން ސުކޫލާ ވާދަކޮށް އިއްޔެ މުހުއްޔިއްދީން ސުކޫލުން ކާމިޔާބު ކުރީ 3-2 ލަނޑުން ނެވެ. މެޗުގައި މުހްޔިއްދީނަށް ލަނޑު ޖަހައިދިނީ އަހުމަދު ހަމްދޫނާއި އިސްމާއިލް ވަޖީހު އަދި ކެޕްޓަން އިސްމާއިލް ވިފާގެވެ. ތާޖުއްދީނަށް ލަނޑު ޖަހައިދިނީ އަހުމަދު މުހައްމަދު ވަހީދާއި ޖާމިން އަބްދުލް ކަރީމެވެ.

އުމައިރު ގްރޫޕްގެ މުހުޔިއްދީން، އިއްޔެގެ މެޗް ކާމިޔާބު ކުރިއިރު، އެ ސުކޫލް ވަނީ ތިން ޕޮއިންޓާއެކު، ކަލާފާނާ ހަމަހަމަވެ ގްރޫޕްގެ ދެ ވަނާގަ އެވެ. ގްރޫޕްގެ އެއްވަނާގައި ހަތަރު ޕޮއިންޓާއެކު އުޅެނީ މިދިޔަ އަހަރުގެ ރަނަރަޕް އިސްކަންދަރު ސްކޫލާއި ޖަމާލުއްދީން ސުކޫލެވެ. އެ ގްރޫޕްގެ ފުލުގައި އޮތް ތާޖުއްދީނަށް ލިބިފައި ވަނީ ދެ ޕޮއިންޓެވެ.

އިއްޔެ ކުޅުނު ދެ ވަނަ މެޗް އިމާދުއްދީން ސުކޫލުން ކާމިޔާބު ކުރީ، ލާލޭ އިންޓަނޭޝަނަލް ސްކޫލާ ވާދަކޮށް 10-0 ލަނޑުން ނެވެ. މެޗުން ލާލޭ ބަލިވިއިރު، އެޓީމް އުޅެނީ ގްރޫޕްގެ އެންމެ ފުލުގައި ޕޮއިންޓެއް ނުލިބި އެވެ. މެޗުން މޮޅުވި އިމާދުއްދީން ހަތް ޕޮއިންޓައެކު ގްރޫޕްގެ އެންމެ ކުރީގައި އުޅޭއިރު، އިމާދުއްދީނަކީ މި އުމުރުފުރާގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ.

ދެ ގުރޫޕްގެ އެއްވަނަ އާއި ދެވަނަ ސެމީއަށް ދަތުރު ކުރާ މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު