ސްކޫލް ކުދިންގެ ކެރަމް މުބާރާތް ނިމުނު އިރު ގިނަ ވަނަތައް ޣިޔާސުއްދީނަށް

އިންޓަ ސްކޫލް ކެރަމް މުބާރާތުގެ ގިނަ ވަނަތައް ޣިޔާސުއްދީނަށް ލިބިގެން މުރާތް ނިމިއްޖެ އެވެ.
އެގާރަ ސުކޫލަކުން ވަދާކުރި 13 ވަނަ މުބާރާތް، ކެރަމް ހޯލުގައި ނިންމައިލިއިރު ޣިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލްވަނީ 13 އަހަރުން ދަށުގެ ޓީމް އިވެންޓާއި ސިންގަލްސް އަދި ޑަބަލްސް އިވެންޓުން އަންހެން އަދި ފިރިހެން ބައިގެ ޗެމްޕިއަން ރޭ ހޯދާފަ އެވެ.

މިމުބާރާތުގެ 13 އަހަރުން ދަށުގެ ޓީމް އިވެންޓްގައި ނިމުނީ އިއްޔެ ހަވީރު އެވެ. އެ ފުރައިގެ ފިރިހެން ބައިން ދެ ވަނަ ގެންދިޔައީ ކަލާފާނެވެ. ތިންވަނައަށް ތާޖުއްދީނެވެ. މިބައިގެ އަންހެން ދެވަނައަށް ދިޔައީ ތާޖުއްދީން ސުކޫލެވެ. ތިންވަނަ ސުކޫލަކަށް ހޮވިފައިވަނީ ކަލާފާނު ސުކޫލެވެ.

ސޯޅަ އަހަރުން ދަށުގެ ބައިން ފިރިހެން ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ މަޖީދިއްޔާ އެވެ. ދެވަނައަށް ދަރުމަވަންތަ ހޮވުނު އިރު ތިންވަނައަށް ހޮވުނީ އަމީރު އަހުމަދެވެ. މިބައިގެ އަންހެން ޗެމްޕިއަންކަން ހޯދީ އަމީނިއްޔާ އެވެ. ދެވަނަ ބިލަބޮންގް ހައި އިންޓަނޭޝަނަލަށެވެ.

ނަވާރަ އަހަރުން ދަށުގެ ފިރިހެން ޓީމް އިވެންޓުގެ ޗެމްޕިއަންކަށްވީ އަމީރު އަހްމަދެވެ. ދެވަނައަށް ވިލާ އިންޓަނޭޝަނަލް ހައި ސުކޫލެވެ. ތިންވަނަ އަށް މަޖީދިއްޔާ ސުކޫލެވެ. މިބައިން ވެސް އަންހެން ޗެމްޕިއަނަކީ އަމީނިއްޔާ ސުކޫލެވެ. ދެވަނައަށް ވިލާ އިންޓަނޭޝަނަލް ހައި ސުކޫލް ހޮވުނު އިރު ތިންވަނަ ހޯދީ ސީއެޗްއެސްއީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު