ހޮޓެލް އޭޝިޔާގެ ބައިވެރިން ތައްޔާރުކުރުމުގެ ތަމްރީން ޕްރޮގްރާމެއް ބާއްވަނީ

ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖުގައި ބައިވެރިވާ ކައްކާއެއް ކައްކަނީ ---- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ހޮޓެލް އޭޝިޔާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް އާއި އެގްޒެބިޝަނަށް ބައިވެރިންނަށް މައުލޫމާދުތީ އިތުރަށް ތައްޔާރު ކުރުމަށް ތައިލެންޑް ގެ ކަލިނަރީ އެކަޑަމީގެ ފައުންޑާ ޗެއާމަން، ޝެފް ވިލްމެންޓް ލިއޮންގ ގެ މާސްޓާ ކްލާހެއް މާދަމާ ހުޅުލޭ އައިލެންޑް ހޮޓެލްގައި އޮންނާނެކަމަށް ހޮޓެލް އޭޝިއާ ހިންގުމުގައި ހަރަކާތްތެރިވާ ބެސްޓްބައި މޯލްޑިވްސްއިން ބުނެފިއެވެ.

ކަލިނަރީ ޗެލެންޖްގެ ޕްރޮޖެކްޓް ޑިރެކްޓަރު އަދި ޗީފް ޖަޖް ވިދާޅުވީ މިފަދަ ކްލާސްތަށް ރާއްޖޭގައި ބޭއްވުމަކީ މުހިއްމު ކަމެއްކަމުގައެވެ. އަދި މާދަމާ އޮންނަ ތަމްރީން ޕްރޮގްރާމްގައި ކެއްކުމާބެހޭ މުހިއްމު އެތަކެއް މައުލޫމާތު ތަކެއް ހިއްސާކުރެވި ކެއްކުމުގައި ބޭނުން ކުރަންވީ ބޭނުންތެރި އުކުޅުތަށް ޝެފުންނަށް ހިއްސާކުރެވިގެންދާނެކަމުގައެވެ.

ބެސްޓްބައި މޯލްޑިވްސްގެ ސީއީއޯ މުހައްމަދު މަޒްލޫމް ވިދާޅުވީ، ހޮސްޕިޓާލިޓީ ގެ ދާއިރާ އާއި ހާއްސަކޮށް ކާބޮތަކެތީގެ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންނަށް މައުލޫމާތުދީ އެ ބޭފުޅުން ތަމްރީން ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އެ ދާއިރާ ތަކުގައި މަސައްކަތް ކުރާ ބޭފުޅުންނަށް ތަމްރީން ދިނުމުގެ ގޮތުން ބެސްޓްބައި މޯލްޑިވްސްގެ ފަރާތުން ޓްރެއިނިންގ ޕްރޮގްރާމްތަށް ހިންގާ، ދުނިޔޭގެ އެކި ހިސާބުތަކަށް ފޮނުވާގެން ތަމްރީން ދެމުން އަންނަކަމަށްވެސް އެނާ ވިދާޅުވިއެވެ.

"މިފަދަ ޕްރޮގްރާމް ތަކުގެ ސަބަބުން ރާއްޖޭގެ ހޮސްޕިޓާލިޓީ އަދި ކާބޯތަކެތީގެ ދާއިރާ ވާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ދާއިރާ އަކަށް. އަދި ބެސްޓްބައި މޯލްޑިވްސްގެ މަގްސަދަކީ ދުނިޔޭގެ ތަޖުރިބާކާރު މީހުންގެ ފަރާތުން ރާއްޖޭގެ މި ދާއިރާގައި މަސައްކަތްކުރާ މީހުން ތަމްރީން ކޮށްދިނުން" ސީއީއޯ މުހައްދު މަޒްލޫމް ވިދާޅުވިއެވެ.

މާދަން ބާއްވަން ހަމަޖެހިފަވާ މާސްޓާ ކްލާސްއަކީ ހޮޓެލް އޭޝިޔާ އެގްެޒެބިޝަންގެ މެއިން ސްޕޮންސާ، މޯލްޑިވްސް އެގްޒެބިޝަން އެންޑް ކޮންފަރެންސް ސާވިސް (އެމްއީސީއެސް) އަދި ބެސްޓްބައި މޯލްޑިވްސް (ބީބީއެމް) ގުޅިގެން ބާއްވާ ތަމްރީން ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމްގައި މިހާތަނަށް 60 ރިސޯޓްއަކުން 145 ބައިވެރިން ވަނީ ބައިވެރި ވެފައެވެ.

comment ކޮމެންޓް