މިދިޔަ އަހަރާ އެކު މި އަހަރުގެ މިހާތަނަށް 79 ކިލޯގެ ޑްރަގްސް އަތުލައިގެންފި

ކަސްޓަމްސްގެ 127 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވޭތުވެދިޔަ އަހަރު ހިމެނޭ ގޮތަށް މި އަހަރުގެ މިހާތަނަށް ކަސްޓްމްސްއިން 79 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާނެ ކަމަށް ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ކަސްޓަމްސްގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ ރާއްޖެގެ ބަނދަރުތަށް ބަލަހައްޓާ ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު 41 އޮޕަރޭޝަނެއް ހިންގައިފާ ވާނެ ކަމަށެވެ. އަދި ޝައްކުކުރެވިގެން 25 އުޅަނދެއް ބަލައި ފާސްކޮށްފައިވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

މީގެ އިތުރުން 108 މީހުންގެ އެތެރެހަށި ބަލައި ފާސްކޮށްފައިވާ އިރު ކަސްޓަމްސް އިން ހިންގި އޮޕަރޭޝަންތަކުގައި 29 މީހަކު ހައްޔަރު ކޮށްފައިވާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ. އަދި ވައިގެ މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު ރަލުގެ ބާވަތްތަކުގެ 2800 ފުޅިޔާއި ދަޅު އަތުލައިފައިވާނެ ކަމަށް ވެސް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއަކީ 1890 ވަނަ އަހަރު ޖުލައި މަހުގެ 18 ވަނަ ދުވަހު ބަންޑާރަ ފިހާރައިގެ ނަމުގައި އުފެދިގެން އައި މުއައްސަސާއެކެވެ. އެ މުއައްސަސާއަށް މިއަހަރު 127 އަހަރު ވެފައިވާ އިރު އެ މުއައްސަސާއަކީ ދައުލަތުގެ އެންމެ ގިނަ ދުވަސްވީ މުއައްސަސާވެސްމެ އެވެ.

comment ކޮމެންޓް