އުތުރުގެ ޒުވާނުންނަށް ހާއްސަކޮށްގެން "މިއަހެލި" ޕްރޮގްރާމް އަންނަ މަހު 28ގައި

މިދިއަ އަހަރު ބޭއްވި ސޯޝަލް އިނޮވޭޝަން ކޭމްޕްގައި ބައިވެރިވި ބައެއް ބައިވެރިން-- ފޮޓޯ/ އުރީދޫ

ޔޫއެންޑީޕީ އާއި އުރީދޫ ގުޅިގެން ބާއްވާ ސޯޝަލް އިނޮވޭޝަން ކޭމްޕް "މިއަހެލި" އަންނަ މަހުގެ 28ގައި ފަށާނެ ކަމަށް ޔޫއެންޑީޕީން ބުނެފި އެވެ.

ރާއްޖޭގެ އެންމެ އުތުރު ސަރަހައްދުން ހއ. ހދ. ށ. އަދި ނ އަތޮޅުގެ 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ އެ ކޭމްޕަކީ 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދަން ހަމަޖެހިފަވާ ކޭމްޕެއް ކަމަށް ޔޫއެންޑީޕީން ބުންޏެވެ.

އެ ކޭމްޕްގެ މަގުސަދަކީ ޒުވާނުން އެއްތަނަކަށް ގެނެސް ދިރިއުޅުމުގައި ދިމާވާ ދަތިތަކާ ބެހޭ ގޮތުން ވާހަކަ ދައްކައި، އެ ކަންކަމުގެ ހައްލު ހޯދާނެ ގޮތާ ބެހޭ ގޮތުން ހިޔާލު ހޯދައި، އެކަންކަން ހަގީގަތަކަށް ހެދޭނެ ގޮތް މަގުފަހި ކޮށްދިނުމެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި މިއަހެލި ކޭމްޕުން ވެސް އުފެއްދުންތެރި ހިޔާލުތަކެއް އުފަންވެގެން ދިޔަކަމަށް ވެސް ޔޫއެންޑީޕީން ބުންޏެވެ.

އެ ޕްރޮގްރާމުގައި މައިގަނޑުހަތަރު ދާއިރާއަކަށް ބަހާލައިގެން ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިިދިއަ ޖޫން މަހުގެ 22 އިން ފެށިގެން މި މަހުގެ 30 ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

ހިޔާލު ހުށަހަޅަންޖެހޭ ދާއިރާތަކަކީ ސުލްހަވެރި މުޖުތަމައެއް ބިނާކުރުމާއި ސިޔާސީ މައިދާނުގައި އަންހެނުން ބާރުވެރި ކުރުމާއި ޖިންސީ އަދި މިންތީގެ އަނިޔާ ލިބޭ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުން އަދި ޒުވާނުންގެ ހަރަކާތްތައް ނުވަތަ ޔޫތް މޫވްމަންޓްސް ބިނާ ކުރުންއެވެ. އަމިއްލަ ހިޔާލެއް ނެތަސް، އެ ހިޔާލުތަކުގައި ބައިވެރިވެ، ހިޔާލުތަކަށް މަސައްކަތްކޮށް، ހިޔާލުތަށް އިތުރަށް ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށް ވެސް ޔޫއެންޑީޕީން ހާމަކުރެ އެވެ.

ހުށަހަޅާ ހިޔާލުތަކުގެ ތެރެއިން އެންމެ މޮޅު ފަސް ހިޔާލު ހޮވާލައި، އެ ހިޔާލުތަކާ އެކު އެ ހިޔާލުތަކަށް މަސައްކަތް ކުރަން އެހީތެރިވެދިން ބައިވެރިން މިއަހެލި ކޭމްޕަށް ގެންނާނެ ކަމަށް ޔޫއެންޑީޕީން ބުންޏެވެ. ބައިވެރިން ކޭމްޕަށް ގެނެސް އެކޮމޮޑޭޝަން ޔޫއެންޑީޕީގެ ފަރާތުން ހަމަޖައްސާދޭނެކަށް ވެސް ޔޫއެންޑީޕީން މައުލޫމާތު ދެއެވެ.

މިދިޔަ އަހަރު ސޯޝަލް އިނޮވޭޝަން ކޭމްޕްގައި ބައިވެރިވި ބައެއް ބައިވެރިން-- ފޮޓޯ/ އުރީދޫ

އެ ކޭޕްގައި އެ ހިޔާލުތަށް އިތުރަށް ތަރައްގީ ކުރުމަށްފަހު އެންމެ މޮޅު ތިން ހިޔާލެއް ހޮވާނެ ކަމަށް ވެސް ޔޫއެންޑީޕީން ބުންޏެވެ. އެ ހިޔާލުތަށް ހަގީގަތަކަށް ހެދުމަށް ދޭ އެހީ އެއްގެ ގޮތުން ކޮންމެ ހިޔާލަކަށް 3000 ޑޮލަރު ދޭން ހަމަޖެހިފަވާކަމަށް ވެސް ޔޫއެންޑީޕީން މައުލޫމާތު ދެއެވެ.

ހުށަހަޅާނެ ފުރިހަމަ ހިޔާލެއް ނެތަސް، ހިޔާލު އުފައްދަން އެހީތެރިވުމުގެ ގޮތުން ހދ. ކުޅުދުއްފުށީގައި މިއަދު ވޯކްޝޮޕެއް ބާއްވާނެވެ. އަދި މިއަހެލި މި ކޭމްޕްގައި ބައިވެރިވުމަށް ހިޔާލު ހުށަހަޅަންވީ ލިންކް މިއަހެލި ފޭސްބުކް ޕޭޖްއިން ފެންނަށް ހުންނާނެކަމަށް ޔޫއެންޑީޕީ ބުންޏެވެ.

comment ކޮމެންޓް