ވެނައުޒުއޭލާގެ ޖަލެއްގައި ހިނގި ހަމަނުޖެހުމެއްގައި 37 މަރު

ވެނަޒުއޭލާގެ ޕުއޭޓޯ އަޔާކުޗޯ ޖަލު ކައިރީގައި ސަލާމަތީ ފައުޖުތަކުން ހަރަކާތްތެރި ވަނީ -- ފޮޓޯ: ޒިންހުއާ

ކަރާކަސް (އޮގަސްޓް 17): ވެނަޒުއޭލާގެ ޖަލެއްގައި ހިނގި ހަމަނުޖެހުންތަކެއްގައި 37 މީހަކު މަރުވެއްޖެ ކަމަށް އެގައުމުގެ ޕްރޮސިކިއުޓަރުން ވިދާޅުވެއްޖެ އެވެ.

އަމަޒޯނަސް ސްޓޭޓުގެ ޕުއޭޓޯ އަޔާކުޗޯ ޖަލުގައި ހިނގި ހަމަނުޖެހުންތައް ހުއްޓުވުމަށް ވެނައޭލާގެ އިންޓީރިއާ މިނިސްޓްރީން ވަނީ ހާއްސަ ފައުޖުތައް ފޮނުވައިފަ އެވެ. މަންޒަރު ދުށް ފަރާތްތަކުން ވަނީ ޖަލުގެ ތެރެއިން ބަޑި ޖަހާ އަޑު ގިނަ އިރުތަކެއް ވަންދެން އިވުނު ކަމަށް ބުނެފަ އެވެ.

އެހާދިސާގައި 14 އޮފިޝަލުންނަށް އަނިޔާވި ކަމަށް ވެސް ޕްރޮސިކިއުޓަރުން ވިދާޅުވި އެވެ.

ވެނަޒުއޭލާގެ ޖަލުތައް މޮނިޓާ ކުރާ ގްރޫޕުތައް ކަމަށްވާ އަ ވިންޑޯ ޓު ފްރީޑަމް އާއި ވެނެޒުއޭލަން ޕްރިޒަންސް އޮބްޒާވެޓަރީން ބުނި ގޮތުގައި އެ ހާދިސާގައި މަރުވި އެންމެންނަކީ ގައިދީންނެވެ. އަދި އެ ހާދިސާ ހިނގި ވަގުތު ޖަލުގައި 105 ގައިދީން ތިއްބެވެ.

ވެނަޒުއޭލާގެ ގިނަ ޖަލުތަކުތައް ސަރުކާރުން ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން އެޖަލުތައް ކޮންޓްރޯލް ކުރަނީ ބާރުގަދަ ގޭންގުތަކުންނެވެ. (ބީބީސީ)

comment ކޮމެންޓް