އެފްއެޗްއޭއެމް ފެއާ އަށް ބޮޑު ތަރުހީބެއް

މިހާރު ދަރުބަރުގޭގައި ކުރިޔަށްދާ ފުޑް އެންޑް ހޮސްޕިޓެލިޓީ އޭޝިއާ މޯލްޑިވްސް އެކްސްޕޯ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު އިންޓަނޭޝަނަލް ފެއާ ކަމަށްވާ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ދަރުބާރުގޭގައި އިއްޔަ ފަށައިގެން ކުރިޔަށްދާއިރު އެ ފެއާއަށް މިހާތަނަށް 1700 މީހުން ޒިޔާރަތް ކޮށްފި އެވެ.

ޗެފް ގިލްޑް އޮފް މޯލްޑިވްސް އާއި ޗެފް ގިލްޑް އޮފް ސްރީ ލަންކާ ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ އިވެންޓްގައި އެގްޒެބިޓާޒް އެ މީހުންގެ ކްލައިންޓުންނާ މުއާމަލާތުކޮށް އަދި އިތުރު ކްލައިންޓުން ހޯދުމަށް މަގުފަހި ކޮށްދެއެވެ.

8 އޮގަސްޓް 2017: މިހާރު ދަރުބަރުގޭގައި ކުރިޔަށްދާ ފުޑް އެންޑް ހޮސްޕިޓެލިޓީ އޭޝިއާ މޯލްޑިވްސް އެކްސްޕޯ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެ ފެއާގެ ޕްރޮޖެކްޓް ކޯޑިނޭޓަރު ނޯހިމް ގަލްގަމުވާ ވިދާޅުވީ 500 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުރިއަށް ގެންދާ އެ ފެއާ ކުރިއަށްގެންދިއުމުގެ މަގުސަދު ހާސިލްވަމުން އަންނަ ކަމަށެވެ. އަދި އެ ފެއާގެ ސަބަބުން މިފަދަ މާހައުލެއްގައި ވިޔަފާރިވެރިން އެ މީހުންގެ ކަސްޓަމަރުންނާ އޮންނަ ގުޅުން ވަރުގަދަވެ ވިޔަފާރިއަށް ކުރިއެރުން ލިބުމަށް މަގުފަހިވެގެންދާ ކަމަށް ވެސް ނޯހިމް ވިދާޅުވިއެވެ.

އެ ފެއާގައި ރާއްޖޭގެ ބައެއް ކުންފުނިތަކުގެ ތެރޭގައި ލިލީ އެންޓާޕްރައިޒް، އީވޯ ހޯމް ގެ އިތުރުން އެހެން އިތުރު ކުންފުނިތަށް ވެސް ބައިވެރިވެ އެވެ. އަދި ލަންކާގެ ވެސް ކުންފުނިތަށް އެ ފެއާއިން ފެނިގެންދާނެ ކަމަށް އެކަން އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދެއެވެ.

8 އޮގަސްޓް 2017: މިހާރު ދަރުބަރުގޭގައި ކުރިޔަށްދާ ފުޑް އެންޑް ހޮސްޕިޓެލިޓީ އޭޝިއާ މޯލްޑިވްސް އެކްސްޕޯ--- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެއަށް އެތެރެކުރާ ކާނާގެ ބާވަތްތަކާއި ރާއްޖެގެ އެކި އުފެއްދުންތަށް އެ ފެއާއިން ފެނިގެންދާއިރު ރިޒޯޓްސަޕްލައި، ފަރުނީޗަރު އަދި ސެނިޓަރީގެ އެއްޗެހި ވެސް މިފެއާއިން ފެނިގެންދާނެ އެވެ.

comment ކޮމެންޓް