ސޫތްޕެއް ފެނިގެން، ކްލައުޑް9 ޗޮކްލެޓުގެ ބެޗެއް ރީކޯލް ކުރަނީ

ޖެކް އެން ޖިލް ކްލައުޑް9 ޗޮކްލެޓެއްގެ ތެރޭން ސޫތްޕެއް ފެނުމުން އެ ބެޗްގެ ޗޮކްލެޓް ބޭނުން ނުކުރުމަށާއި ނުވިއްކުމަށް ވަނީ އިލްތިމާސްކޮށްފައި -- ފޮޓޯ: ސޯޝަލްމީޑިއާ

ފިލިޕީންސްގެ ޔުނިވާސަލް ރޮބީނާ ކުންފުނިން އުފައްދާ "ޖެކް އެން ޖިލް" ބްރޭންޑުގެ "ކްލައުޑް 9 އޯވަލޯޑް" ޗޮކްލެޓުން ސޫތްޕެއް ފެނިއްޖެ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޖެކް އެން ޖިލް "ކްލައުޑް 9 އޯވަލޯޑް" ޗޮކްލެޓަކުން މަރުވެފައިވާ ސޫތްޕެއް ފެނިފައިވާ ކަމަށާއި، އެހެންކަމުން އެ ޗޮކްލެޓު ނިސްބަތްވާ ބެޗު ރީކޯލްކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޖެކް އެން ޖިލް ކްލައުޑް9 އޯވަލޯޑު ޗޮކްލެޓެއް --

އެމްއެފްޑީއޭއިން ބުނީ ބެޗު ނަމްބަރު EXP 14.5.2018 BBގެ ޗޮކްލެޓް ރީކޯލް ކުރަން ފަށާފައިވާ އިރު، ރައްކާތެރިކަމަށްޓަކައި މި ބެޗުގެ ޗޮކްލެޓު ނުވިއްކުމަށާއި، އާންމުން އެތަކެތި ބޭނުން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ ޖެކް އެން ޖިލް ކްލައުޑް ނައިން އޯވަލޯޑު ޗޮކްލެޓުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމުގެ ގޮތުން، ތަފާތު ބެޗުތަކުން ސާމްޕަލް ނަގައި، އިތުރަށް ޗެކު ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް