މަޖިލީހުގެ އަގުލަބިއްޔަތު ނެތަސް ދައުލަތް ހިންގާނީ ރައީސް ހުރެގެން: ރައީސް ޔާމީން

ރައީސް ޔާމީން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ނެތަސް ދައުލަތުގެ އެންމެ އިސްވެރިޔާ ހުރެގެން ދައުލަތް ހިންގުމަކީ ރިޔާސީ ނިޒާމުގެ އެެންމެ ހާއްސަ އެއް ސިފަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފާހަގަ ކުރާ 52 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި ރައީސް ޔާމީން ވިދާޅުވީ، ދައުލަތުގެ އަދި އެންމެ އިސްވެރިއަކަށް ވަކި މީހަކު ހުރުމަކީ ރިޔާސީ ނިޒާމެއްގެ މައިގަނޑުއެއް ސިފަ ކަމަށެވެ. ރިޔާސީ ނިޒާމުގައި ދައުލަތުގެ ކަންކަމާ ހަވާލުވެތިބޭ މީހުން ޖަވާބުދާރީ ކުރުވުމަށް އުސޫލުތަކެއް ކަނޑައަޅާފައި ހުންނަ ކަމަށާއި، އެކަން އެހެން އޮންނަނީ ދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް ކަމަށެވެ.

ރައީސް ވިދާޅުވީ، ދައުލަތުގެ އަދި އެންމެ އިސްވެރިއަކަށް ވަކި މީހަކު ހުރުމަކީ ރިޔާސީ ނިޒާމެއްގެ މައިގަނޑުއެއް ސިފަ ކަމަށެވެ.

ރިޔާސީ ނިޒާމުގައި ދައުލަތުގެ ކަންކަމާ ހަވާލުވެތިބޭ މީހުން ޖަވާބުދާރީ ކުރުވުމަށް އުސޫލުތަކެއް ކަނޑައަޅާފައި ހުންނަ ކަމަށާއި، އެކަން އެހެން އޮންނަނީ ދައުލަތާއި ރައްޔިތުންގެ މަސްލަހަތަށް ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު ވަނީ 'ޑެޑްލޮކް' އަކަށް ފަރުމާކުރެވިފައި ކަން ފާހަގަކުރައްވާފައެވެ.

"ރާއްޖޭގެ ދުސްތޫރީ އޮނިގަނޑުވަނީ ޑެޑްލޮކް އަކަށް ފަރުމާ ކުރެވިފައި. ރައީސަކަށް ހުންނަ މީހަކު ރައްޔިތުންގެ ކުރިމައްޗަށް، އެއް އަތް ފަހަތަށް ބަނދެގެން ނެރެވޭގޮތަށް އެކުލަވާލެވިފައި. ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއަޅައި، ދައުލަތް ހުއްޓުމަކަށް ގެނެވޭފަދަ ފުރުޞަތުތަކެއް ދައުލަތުގެ ދުޝްމަނުންނަށް ހޯދައިގަނެވޭނެ ފަދަޔަކުން ހަމަޖެއްސިފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދުސްތޫރީ އޮނިގަނޑު އޮތީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ހިންގޭ ވަރަށްވުރެ މާ އޮޅުންބޮޅުން ބޮޑުކޮށް ކަމަށެވެ.

ސިޔާސީ މައިދާނުގައި ތިބޭ މީހުން 24 ގަޑިއިރު އަމިއްލަ އެދުމުން ފޮރުވިފައިވާ ސިޔާސީ ސުވާލު ކުރާނެ ކަމަށާއި، އެހެން ނަމަވެސް އެކަަމަށްވުރެ މުހިއްމީ ރައްޔިތުންނަށް ހިދުމަތް ދިނުން ކަމަށާއި، ގައުމުގައި އެތައް އަހަރުތަކެއް ވަންދެެން ހައްލު ނުވެ ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މައްސަލަތަކަށް ހައްލު ހޯދައިދީ ގައުމުގެ ދަރިންނާއި ދަރިންގެ ދަރިންނަށް މާދަމާއަކީ ހިތްފަސޭހަ ދުވަސްތަކެއްކަމުގައި ހަދައިދިނުމަށް ހަނގުރާމަ ކުރާނެ ކަމަށެވެ.

އެގޮތުން އިސްލާމް ދީން ނޫން އެހެން ދީންތަކަށް ޖާގަ ހޯދައިދިނުމާ ދެކޮޅަށް ހަނގުރާމަ ކުރާނެ ކަމަަށާއި، ޒުވާނުން އިސްލާމްދީން ދޫކޮށްދިއުމުގެ މައްސަލައަށް ހައްލު ހޯދުމުގެ ހަނގުރާމަ ކުރާނެ ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކާއި އަންހެނުންނާއި ކުޑަކުދިން ރައްކާތެރި ކުރުމުގެ ނިޒާމުތައް ފުރިހަމަ ކުރުމާއި އިގްތިޞާދު ކުރިއެރުވުމަށް ހަނގުރާމަ ކުރާނެ ކަމަށް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި އެ މައްސަލަތަކަކީ މި ސަރުކާރުގައި އުފަންވި މައްސަލަތަކެއް ނޫން ކަމަށާއި، އެއީ މިސަރުކާރަށް ވާރުތަވީ މައްސަލަތަކެއް ރައީސް ވިދާޅުވި އެވެ. އަދި އެ މައްސަލަތަކަށް ހައްލު ހޯދުމަށް ރެއާ ދުވާލު މަސައްކަތް ކުރަމުންދާ ކަމަށާއި، އެހެން ނަމަވެސް އެކަން ނާކާމިޔާބު ކުރުމަށް ބަޔަކު މަސައްކަތް ކުރާ ކަމަށްވެސް ވިދާޅުވި އެވެ.

comment ކޮމެންޓް