މައުމޫން ފައުންޑޭޝަންގެ ބޯޑަށް އިތުރު ބޭފުޅަކު އައްޔަންކޮށްފި

މައުމޫން ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީޒް އަށް އިތުރު ބޭފުޅަކު އައްޔަންކޮށްފި އެވެ.

އެ ފައުންޑޭޝަންގެ ބޯޑަށް އަލަށް އައްޔަން ކުރެއްވީ، މައުމޫން ފައުންޑޭޝަނުން މިއަދު ބުނި ގޮތުގައި، ބަންގްލަދޭޝްގެ ޔުނިވަސިޓީ އޮފް ސައެންސް އެންޑް ޓެކްނޮލޮޖީ ޗިޓަގޮންގެ ފައުންޑާ ވައިސް ޗާންސެލާ އަދި ޖަނަޝޭބާ ފައުންޑޭޝަންގެ ޗެއާމަން ބަންގްލަދޭޝްގެ ނެޝަނަލް ޕްރޮފެސާ ޑރ. ނޫރުލް އިސްލާމް އެވެ.

ނޫރުލް އިސްލާމްގެ އިތުރަށް އެ ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީޒްގައި ހިމެނިވަޑައިގަންވާ ބޭފުޅުންނަކީ މިސުރުގެ ގްރޭންޑް މުފްތީ ހިޒް އެމިނެންސް ޑރ. އަލީ ޖުމްޢާ އާއި ސްރީލަންކާގެ ވެސްޓަން ޕްރޮވިންސްގެ ގަވަރްނާ ހިޒް އެކްސެލެންސީ ސައްޔިދު އަލަވީ މައުލާނާ އާޢި އިންޑިޔާގެ ބެންގަލޫރުގެ ގާޑްން ސިޓީ ޓްރަސްޓްގެ ޗެއާމަން ޑރ. ޖޯސަފް ވީ ޖޯޖް އާއި ޕާކިސްތާނުގެ ކަރާޗީގެ ބަޤާއީ މެޑިކަލް ހޮސްޕިޓަލްގެ ޗެއާމަން ޕްރޮފެސާ ފަރީދުއްދީން ބަޤާއީ ކަމަށް މައުމޫން ފައުންޑޭޝަނުން ބުންޏެވެ.


މައުމޫން ފައުންޑޭޝަންގެ ބޯޑް އޮފް ޓްރަސްޓީޒް އަކީ ފައުންޑޭޝަންގެ މަޤްސަދުތައް ހާސިލުވާ މިންވަރު ބަލައި، ފައުޑޭޝަންގެ މަސައްކަތްތައް ފުޅާކޮށް ހަރުދަނާ ކުރުމަށް ހިންގާ ކޮމެޓީއަށް ލަފާދިނުމުގެ ބާރު ލިބިގެންވާ ބޯޑެއް ކަމަށް މައުމޫން ފައުންޑޭޝަނުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު