ބްރިޖު ޕްލެޓްފޯމް ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް މާދަމާ

ބްރިޖު ބަލާ ޕްލެޓްފޯމް ސަރަހައްދު --- ފޮޓޯ/ ސްޓްރާޑާ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ހިނގަމުންދާ ގޮތް ބެލޭގޮތަށް މާލޭގެ އިރު ދެކުނުގައި ހަދާފައިވާ ބްރިޖު ބަލާ ޕްލެޓްފޯމު ސަރަހައްދުގައި، މިނިވަން ދުވަހުގެ ޚާއްސަ ކުޑަކުދިންގެ ހަވީރެއް އޮންނާނެއެވެ.

ބްރިޖު ޕްލެޓްފޯމް ސަރަހައްދު ހިންގަނީ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުންނެވެ.

އެކުންފުނިން ބުނި ގޮތުގައި، މާދަމާ ރާއްޖޭގައި ފާހަގަކުރާ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން މާދަމާ ހަވީރު އެސަރަހައްދުގައި ޚައްސަ ހަރަކާތްތަކެއް ކުރިޔަށް ދާނެއެވެ.

އޭގެ ތެރޭގައި މެސްކޮޓްސްއާއި އެކިއެކި މަޖާ ހަރަކާތްތައް ހިމެނޭނެ ކަމަށާއި، ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި އެހެނިހެން ފަންނާނުންވެސް މާދަމާ އެސަރަހައްދުން ފެނިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

މީގެ އިތުރުން ސްޓްރާޑާއިން އެސަރަހައްދުގައި ހިންގާ ޓައިވާނުގެ ޓީހައުސް ފްރެންޗައިސް، ސްޓްރާޑާގެ ބާނީ، ޓައިވާންގެ މަހުޖަނު ހެންރީ ވަންގް ޔައޯހުއިވެސް މާދަމާގެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެކުންފުނިން ބުނެއެވެ.

comment ކޮމެންޓް