އެމެރިކާގައި ދިރިއުޅޭ މުސްލިމް އާއިލާތަކުގެ މީހުންނަށް އެމެރިކާ އަށް ވަދެވޭނެ: ސުޕްރީމް ކޯޓް

އެމެރިކާގެ ރައީސް ޑޮނަަލްޑް ޓްރަމްޕް

ވޮޝިންގްޓަން (19 ޖުލައި) -- ހަ ގައުމަކަށް ނިސްބަތްވާ މުސްލިމުން އެމެރިކާ އަށް ވަނުން މަނާކުރުމަށް އެދި ޑޮނަލްޑް ޓްރަމްްޕްގެ ހުށައެޅި އަމުރުގައި ހިމެނޭ، އެމެރިކާގައި ދިރިއުޅޭ މުސްލިމު އާއިލާގެ މީހުން ހިމެނޭ ބައި އެމެރިކާގެ ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.

އެމެރިކާ ސަރުކާރުން އަލަށް ނެރުނު ގަރާރުގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި އިރާން، ލީބިއާ، ސޯމާލިއާ، ސޫދާން، ސީރިއާ އަދި ޔަމަން ހިމެނެ އެވެ.

ސުޕްރީމްކޯޓުން ވަނީ އަލަށް ނެރުނު އަމުރުގައި ހިމެނޭ އެމެރިކާގައި ދިރިއުޅޭ މުސްލިމް އާއިލާގެ މީހުން އިސްތިސްނާ ވާން ޖެހޭނެ ކަމަށް ނިންމައިފަ އެވެ. އެހެންނަމަވެސް ސުޕްރީމްކޯޓުުން ވަނީ އެގައުމުތަކުން އެމެރިކާ އަށް އެތެރެވާން މަސައްކަތްކުރާ ރެފިއުޖީން ވަކި އަމުރެއްގެ ދަށުން މަނާކުރުމުގެ ހުއްދަ ސަރުކާރަށް ދީފަ އެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި އަލަށް އަމުރަކީ އެމެރިކާގެ ގައުމީ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ނެރުނު އަމުރެކެވެ. އެހެން ނަމަވެސް ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި މިއީ ނަސްލީ ގޮތުން ތަފާތު ކުރުމުގެ އަމަލެކެވެ.

މުސްލިމުން އެމެރިކާ އަށް ވަނުން މަނާ ކުރި މައްސަލާގައި މިދިޔަ އަންގާރަ ދުވަހު އެމެރިކާގެ ހަވާއީގެ ކޯޓަކުން ވެސް ވަނީ އެމެރިކާގައި ދިރިއުޅޭ މީހުންގެ އާއިލާތަކަށް ވަދެވޭނެ ކަމަށް ހުކުމްކޮށްފަ އެވެ.

މީގެ ކުރިން ވެސް މުސްލިމުން އެމެރިކާ އަށް ވަނުން މަނާކުރުމަށް އެދި ޓްރަމްޕް ވަނީ ގަރާރުތައް ނެރެފަ އެވެ. އެގަރާރުތަކުގައި އެމެރިކާއާ ހާއްސަ ގުޅުންތައް އޮންނަ އިސްލާމީ ގައުމުތައް ކަމަށްވާ ސައުދީ އަރަބިއްޔާ، ޔޫއޭއީ ފަދަ ގައަމުތައް ނުހިމެނެ އެވެ.

comment ކޮމެންޓް