އިންޓާ ސްކޫލް ނެޓްބޯޅަ މުބާރާތް: 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ސީއެޗްއެސްއީއަށް

އިންޓާ ސްކޫލް ނެޓްބޯޅަ މުބާރަތުގެ 19 އަހަރުން ދަށުގެ ޗެމްޕިއަން ސީއެޗްއެސްއީ--ފޮޓޯ/ފޭސްބުކް

އިންޓާ ސްކޫލް ނެޓްބޯޅަ މުބާރާތުގެ 19 އަހަރުން ދަށުގެ ޗެމްޕިއަންކަން ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހޯދައިފި އެވެ.

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އެ މުބާރާތް ނިންމާލާފައިވާ އިރު ރޭ ވަނީ އެކި އުމުރު ފުރާތަކުން އެއްވަނައަށް ދިޔަ ޓީމްތަކަށް އިނާމް ދީފަ އެވެ.

ނަވާރަ އަހަރުން ދަށުގެ ޗެމްޕިއަންކަން ސީއެޗްއެސްއީ އިން ހޯދީ ފައިނަލުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލިކޮށްގެންނެވެ. ނަވާރަ އަހަރުން ދަށުގެ އުމުރުފުރާއިން މި އަހަރު ބައިވެރިވެފައިވަނީ ވެސް އެ ދެ ސްކޫލުންނެވެ.

މުބާރާތުގެ އެންމެ ފޯރިގަދަކޮށްދިޔަ 12 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އެވެ. އެ ސްކޫލުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ތާޖުއްދީން ސްކޫލާ ވާދަކޮށް 25-22 މެޗު ކާމިޔާބުކޮށްގެންނެވެ.

ނެޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ބަޔަށް ބަލާއިރު އެ އުމުރުފުރާގެ ޗެމްޕިއަންކަން ހޯދީ ވާދަވެރި ކުޅުމަކަށް ފަހު ތާޖުއްދީން ސްކޫލުންނެވެ. ތާޖުއްދީނުން ފައިނަލުގައި ހިރިޔާ ސްކޫލް ބަލިކޮށްފައި ވަނީ 21-20 ޕޮއިންޓުންނެވެ.

އިންޓަ ސްކޫލް ނެޓްބޯޅަ މުބާރަތުގައި ކާމިޔާބު ޓީމެއް ކަމަށްވާ އިސްކަންދަރު ސްކޫލުން މި އަހަރު ޗެމްޕިއަންކަން ހޯދާފައި ވަނީ 16 އަހަރުން ދަށުގެ ބައިންނެވެ. ފައިނަލުގައި އެޓީމުން ޖަމާލުއްދީން ސްކޫލް ބަލިކުރީ 33-32 ޕޮއިންޓުންނެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު