މިޝަން އިމްޕޮސިބަލް ސީރީޒްގެ އެކްޓަރު މާޓިން ލަންޑައު އަވަހާރަވެއްޖެ

ހޮލީވުޑް ވެޓެރަން އެކްޓަރު މާޓިން ލަންޑައު --- ފޮޓޯ: ރޮއިޓާސް

ހޮލީވުޑްގެ ވެޓެރަން އެކްޓަރެއް ކަމަށްވާ މާޓިން ލަންޑައު އަވަހާރަވެއްޖެ އެވެ.

ކުރީގެ މަޝްހޫރު ޓީވީ ސީރީޒް މިޝަން އިމްޕޮސިބަލްއިން ގިނަބަޔަކަށް ތައާރަފްވި ލަންޑައުގެ އެކްޓިންގް ކަރިއަރުގައި އެންމެ ފާހަގަ ކޮށްލެވުނީ 1960 ވަނަ އަހަރު ނިކުތް "ކްލިއޮޕެޓްރާ" ފިލްމުންނެވެ.

ލަންޑައު އަށް ވަނީ 1995 ވަނަ އަހަރު އެކްޓަރު ބެލަ ލުގޯސީގެ ރޯލުން ޖޮނީ ޑެޕް ލީޑު ރޯލުން ފެނިގެންދިޔަ 'އެޑް ވުޑް' އިންް ބެސްޓް ސަޕޯޓިންގް އެކްޓަރުގެ އޮސްކާ ވެސް ހާސިލުކޮށްފަ އެވެ.

ލަންޑައު އަވަހާރަވެފައި ވަނީ މިދިޔަ ހޮނިހިރުު ދުވަހު ކަމަށާއި އަދި އޭނާ އަވަހާރަވީ ބައްޔެއްގެ ފަރުވާއަށް ހޮސްޕިޓަލަށް ގޮސް ހުއްޓައި ކަމަށް އޭނާގެ އާއިލާ އިން ބުންޏެވެ.

ލަންޑައުގެ އިތުރު ފާހަގަ ކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި މަޝްހޫރު ބިރުވެރި ފިލްމު ޑައިރެކްޓަރު އަލްފްރެޑް ހިޗްކޮކްގެ 'ނޯތު ބައި ނޯތު ވެސްޓް'، 'ސްޕޭސް: 1999'ގެ އިތުރުން ޕިނޯކިއޯގެ ލައިވް-އެކްޝަން ފިލްމުގައި ޖަޕެޓޯގެ ރޯލު ކުޅެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް