އުރީދޫގެ ސުޕްނެޓްގެ ހިދުމަތް ވިލުފުށްޓަށް

އުރީދޫއިން ވިލުފުށީގައި ސުޕަނެޓްގެ ހިދުމަތް ތައާރަފް ކުރުމުގެ ތެރެއިން --- ފޮޓޯ/ އުރީދޫ

އުރީދޫއިން ތ. ވިލުފުށްޓަށް ސުޕަނެޓްގެ ހިދުމަތް ތައާރަފްކޮށްފި އެވެ.

އުރީދޫއިން ބުނީ، ވިލުފުށްޓަަށް ސުޕަނެޓް ތައާރަފްކޮށް 30 އެމްބީޕީއެސް އާއި ހަމައަށް އިންޓަނެޓް ސްޕީޑު ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭޏްޑް ޕެކޭޖުތަކެއްވެސް ތައާރަފްކޮށްފައިވާ ކަމަށެވެ.

އެ ކުންފުނީގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، ވިލުފުށްޓަށް އެ ހިދުމަތް ތައާރަފްކޮށްދިނުމަކީ، އެރަށުގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.

"އުރީދޫގެ ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ވިލުފުއްޓަށް ތައާރަފްކޮށް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ޚިދުމަތް މެދުވެރިކޮށް ހޯދޭ ގިނަ ފައިދާތަކާއި ވިލިފުށީގެ ރައްޔިތުން ގުޅުވާދެވުމަކީ، އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" ނަޖީބް ހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިގްތިޞާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ދިވެހިންނަށް ކުރިއެރުން ހޯދައިދިނުމަށް އުރީދޫއިން ކުރަމުންދާ އެފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ސަރަހައްދެެއްގައިވެސް ކުރަމުން ގެންދާނެ ކަމަށެވެ.

އުރީދޫ ސުޕަނެޓްގެ ހިދުމަތް ބޭނުން ކުރާ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް ފަރުމާކޮށްފައިވާ އިންޓަނެޓް ޕެކޭޖުތަކެއް އުރީދޫއިން ހިދުމަތް ބޭނުން ކުރާ ފަރާތްތަކަށް ފޯރުކޮށްދެ އެވެ.

އެގޮތުން ވިލުފުށީގައި އެ ހިދުމަތް ބޭނުން ކުރާ ފަރާޓްތަކަށް ހެޔޮ އަގުގައި 30 އެމްބީޕީއެސްއާއި ހަމައަށް އިންޓަނެޓް ސްޕީޑް ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫއިން ބުނީ، ހެޔޮއަގުގައި ހަލުވި ސްޕީޑްގައި ބްރޯޑްބޭންޑުގެ ހިދުމަތް ބޭނުން ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުމަށްޓަކައި، ސެޓަޕް ފީ އާއި ސެކިއުރިޓީ ޑިޕޮސިޓްގެ އިތުރުން އެޑްވާންސްފީއާއި ހިދުމަތް އަލުން ގުޅައިދިނުމުގެ ފީ ނުނަގާ ގޮަތަށް ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް