ދެ ރުފިޔާގެ އައު ފައިސާ ފޮތި ތައާރަފުކޮށް، ބާޒާރަށް ނެރެފި

މޯލްޑިވްސް މަނިޓަރި އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް ޖަހައިގެން ގެނައި ދެރުފިޔާގެ އައު ދަގަނޑު ފައިސާ ފޮތި ތައާރަފުކޮށް ބާޒާރަށް ނެރެފި އެވެ.

އައު ފައިސާފޮތީގެ ތަފްސީލް --- ސަންފޮޓޯ: މުހައްމަދު އަފްރާހް

މިއަދު އެމްއެމްއޭގައި ބޭއްވި ހަފްލާއެއްގައި ދެރުފިޔާގެ އައު ފައިސާ ފޮތި ތައާރަފުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމެވެ.

އެ ފައިސާ ފޮތީގެ ބޭރުގައި ބޭނުންކޮށްފައި ވަނީ ނިކަލް ބްރާސްގެ މައުދަން ކަމަށްވާ އިރު އެތެރޭގައި ބޭނުންކޮށްފައި ވަނީ ނިކަލް ޕްލޭޓެޑް ސްޓީލެވެ. ބަރުދަނުގައި 6.20 ގްރާމް ހުންނަ އިރު ފައިސާ ފޮތީގެ ވަށައިގެން 25.50 މިލިމީޓަރު ހުރެ އެވެ. އަދި އެ ފައިސާ ފޮތީގެ ކައިރިފަށް ފަރުމާކޮށްފައި ހުރީ އޮމާންކޮށެވެ.

އަލަށް ތައާރަފް ކުރި ދެރުފިޔާގެ ފައިސާ ފޮތީގެ މުއަމާލަތް ވެސް ވަނީ އެ ހަފްލާގައި ރަސްމީކޮށްކޮށްފަ އެވެ. އަދި މިއަދުން ފެށިގެން ވިޔަފާރީގެ އެކިއެކި މުއާމަލާތުގައި އެ ފައިސާ ފޮތި ބޭނުންކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
comment ކޮމެންޓް