އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް:
މެޗް އެއްވަރުވުމުން މުހްޔިއްދީން މުބާރާތުން ކަޓައިފި

ޑެންގީ ހުމާ ގުޅިގެން މެދުކަޑާލި މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގެ އިމްރާން ގުރޫޕުގެ ފަހު މެޗުގައި މިއަދު ހެނދުނު މަޖީދިއްޔާ ސްކޫލާއި ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި މެޗް އެއްވަރުވުމުން އެންމެ ފަހުގެ ޗެމްޕިއަން ވިލިމާލޭ މުހްޔިއްދީން ސްކޫލް މުބާރާތުން ކަޓައިފި އެވެ.

މިއަދު ހެނދުނު ކުޅުންމެޗުން މި ދެ ޓީމް އެއްވަރު ވުމުން ކޮންމެ ޓީމަކަށް ވެސް އެއް ޕޮއިންޓް ލިބުނު އިރު، ޖުމްލަ ޕޮއިންޓުގެ ގޮތުން މި ދެ ޓީމް އުޅެނީ ހަތަރު ޕޮއިންޓާ އެކު ހަމަހަމާ ގަ އެވެ. އެކަމަކު ވިލިމާލޭ މުހްޔިއްދީން މުބާރާތުން ކެޓީ ދެ ގޯލްގެ ތަވާތުން މަޖީދިއްޔާ ކުރީގައި އޮތުމުން ނެވެ.

މި ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދީ ގުރޫޕުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވި އަހުމަދިއްޔާ ސްކޫލެވެ.

މީގެއިތުރުން މިމުބާރާތުގައި މިއަދު ހަވީރު ޓާފް ދަނޑުގައި ކުޅޭ ދެ ވަނަ މެޗަކީ ވެސް 16 ދަށުގެ ބައިގެ ގުރޫޕް ސްޓޭޖްގެ ފަހު މެޗެކެވެ. އެގޮތުން އައްސަދު އަބްދުލްގަނީގެ ގުރޫޕުގެ އެއް ވަނައިގައި އޮތް ދަރުމަވަންތަ ސްކޫލާ ދެކޮޅަށް، ގަލޮޅު މަދަރުސާ ނިކުންނަ އިރު، ދަރުމަވަންތަ ވަނީ ސެމީގެ ޖާގަ ގާތްގަނޑަކަށް ކަށަވަރުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު