ނަހުލާގެ ކާމިޔާބު ލޯބީގެ ފިލްމު "ލޯބިނުވެވުނުނަމަ" ސަން ޕްލޭ އަށް

ފާތިމަތު ނަހުލާގެ "ލޯބިނުވެވުނުނަމަ" މިހާރު ސަން ޕްލޭއިން ބަލައިލެވޭނެ --

މަޝްހޫރު ފިލްމް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ފާތިމަތު ނަހުލާގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ފިލްމު "ލޯބިނުވެވުނުނަމަ" މިއަދު ސަން ޕްލޭގައި ހިމަނައިފި އެވެ.

ސަން ޕްލޭ އިން މިހާރު މި ފިލްމު ބަލައިލެވޭނެ އެވެ. ސަން މީޑިއާ ގުރޫޕާއި ނަހުލާއާ ދެމެދު މިދިޔަ މަހު 14 ވަނަ ދުވަހު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، ނަހުލާ އުފައްދާފައިވާ ވީޑިއޯ ލަވަ ތަކާއި ފިލްމުތައް ސަން ޕްލޭ މެދުވެރިކޮށް ބަލައިލެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް ވަނީ ނިންމައިފަ އެވެ. އެ ގޮތުން ނަހުލާ އުފައްދާފައި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތައް މިހާރު ވަނީ ސަން ޕްލޭގައި ހިމަނައިފަ އެވެ.

ނަހުލާ ގެ ފިލްމު ތަކުގެ ތެރެއިން އާންމުންގެ މަގުބޫލުކަން އެންމެ ބޮޑަށް ލިބިގެން ދިޔަ އެއް ފިލްމު ކަމަށްވާ "ޔޫސުފް" އާއި "ކަލާޔާނުލާ" ވެސް ސަން ޕްލޭ އިން މިހާރު ބަލައިލެވޭނެ އެވެ.

ކުރިޔަށް އޮތް ދުވަސް ތަކުގެ ތެރޭގައި ނަހުލާގެ އެހެން ފިލްމުތައް ކަމަށްވާ، ވީރާނާ، ޒުލޭޚާ، ނާއުއްމީދު، އައި މިހަށީންފުރާނަދަންދެން ވެސް ސަން ޕްލޭއަށް އަންނާނެ އެވެ.

ނަހުލާ ގެ ހުރިހާ ފިލްމު ތަކަކީ ވެސް އާންމުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ފިލްމުތަކެވެ. އަދި އެ ފިލްމު ތަކަށް ވަނީ ގިނަ އެވޯޑު ތަކެއް ލިބިގެން ގޮސްފަ އެވެ.

ސަން ޕްލޭ އަކީ އޮންލައިންކޮށް އެކި ކަހަލަ ވީޑިއޯތައް ބަލައިލެވޭ ގޮތަށް ރާއްޖޭގައި ތައާރަފުކޮށް ހިންގަމުން އަންނަ އެންމެ ބޮޑު ވެބްސައިޓެވެ.

ސަން މީޑިއާ ގުރޫޕުގެ ކުޑައިގެ ދަށުން ހިންގަމުން އަންނަ ސަން ޕްލޭގެ ވެބްސައިޓުގައި މިހާރު 3500 އަށް ވުރެ ގިނަ ވީޑިއޯ ވަނީ ހިމަނައިފަ އެވެ. މި ވީޑިއޯ ތަކުގެ ތެރޭގައި މުނިފޫހި ފިލުވުމާއި ދީނީ މައުލޫމާތު ތަކާއި ސިއްހަތާއި ތާރީޚު ފަދަ ދާއިރާ ތަކުގެ ވީޑިއޯތައް ހިމެނެ އެވެ.

ސަން ޕްލޭ އަށް ވަނުމަށް ފަހު އެ މީހަކު ބޭނުން ދާއިރާ އަކުން ފަސޭހަކަމާ އެކު ވީޑިއޯތައް ސާޗް ވެސް ކޮށްލެވޭނެއެވެ. މީގެ އިތުރުން ސަން ޕްލޭގައި އަމިއްލަ ޗެނަލް އުފައްދައި ވީޑިއޯތައް ހިމެނުމުގެ ފުރުސަތު ވެސް ވަނީ ހުޅުވައިލައިފަ އެވެ. އެ ގޮތުން މިހާރު ވެސް އަމިއްލަ ގިނަ ފަރާތްތަކަކުން ސަން ޕްލޭގައި އެ ފަރާތްތަކުގެ ޗެނަލް ހިމަނައި ގިނަ އަދަދެއްގެ ވީޑިއޯތައް އަންނަނީ އަޕްލޯޑު ކުރަމުންނެވެ.

ސަން ޕްލޭގައި ޗެނަލް ހެދުމަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެ އެވެ. މި ވަގުތު ސަން ޕްލޭ ގައި ހުންނަ ވީޑިއޯތައް ބެލޭނީ އުރީދޫ ނެޓްވޯކު މެދުވެރިކޮށެވެ.

comment ކޮމެންޓް