ޑެންގީގެ ނުރައްކަލާއި ގުޅިގެން ވަގުތީ ގޮތުން މެދު ކަނޑާލި އިންޓަ ސްކޫލް ފުޓްބޯޅާ މުބާރާތާއި ސްކޫލް ކުދިންގެ ކެރަމް މުބާރާތް އަލުން ފަށަން ފުޓްބޯޅަ އާއި ކެރަމްގެ ދެ އެސޯސިއޭޝަނުން
ވަނީ ހަޖަމައްސާފަ އެވެ.
އެފްއޭއެމް އިން ބުނީ، މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މެދުކަނޑާލި މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް މާދަމާ އަލުން ފަށާނެ ކަމަށާއި މާދަމާ 16 އަހަރުން ދަށު މަޖީދިއްޔާ ސްކޫލް އާއި އެންމެ ފަހުގެ ޗެމްޕިއަން މުހިއްޔިއްދީން ސްކޫލްގެ މެޗު އޮންނާނެ ކަމަށެވެ.
އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ކުޅުން މެދުކަނޑާލިއިރު، މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގެ ގުރޫޕް ސްޓޭޖުގައި ބާކީ އޮތީ ދެ މެޗެވެ.
ކެރަމް އެސޯސިއޭޝަންގެ އިސް އޮފިސަލަކު މިއަދު ވިދާޅުވީ ވަގުތީ ގޮތުން މެދު ކަނޑައިލި މުބާރާތް މިހާރު ފަށަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތ ދުވަހު ކަމަށެވެ.