ނައިޖީރިއާގެ ރީތީގެ ރާނީއަކު މީހުންނަށް އޮޅުވާލައިގެން ފައިސާހޯދިކަމުގެ ތުހުމަތުގައި ޖަލަށް

ނައިޖީރިއާގެ ރީތީގެ ރާނީ މިސް އަސައިގްބޯ ޖޯއީ އުގްވޫ

ނައިޖީރިއާގެ ރީތީގެ ރާނީއެއް ކަމަށްވާ މިސް އަސައިގްބޯ ޖޯއީ އުގްވޫ މީހުންނަށް އޮޅުވާލައިގެން ފައިސާހޯދި ކަމުގައި ހައްޔަރުކޮށްފިއެވެ.

ޖޯއީ އުގްވާ ވަނީ ތަފާތު އެކި މީސްމީހުންގެ އަތުން އޮޅުވާލާއިގެން 7.5 މިލިއަން ނައިޖީރިއަން ނައިރާގެ ފައިސާ ހޯދާފައެވެ. ފުލުހުންގެ ހޯދުންތަކުން އެނގުނުގުގޮތުގައި ޖޯއީ ވަނީ މިގެކުރިންވެސް މިގޮތަށް އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ހޯދާފައެވެ.

ޖޯއީ ވަނީ އެކިއެކި މީސްމީހުންނަށް ވިސާ ހޯދަދޭނެކަމަށްބުނެ އަދި ތަފާތު އެކިއެކި ޕޮންޒީ ސްކީމްތަކުގެ ނަމުގައި ގިނަބައެއްގެ އަތުން ފައިސާ ހޯދާފައެވެ.

ސަޓަޑޭސަން އާ ހަވާލާދީ ބުނެފައިވާ ގޮތުގައި ޖޯއީވަނީ އެނާގެ ބާރާއި ނުފޫޒު ބޭނުންކޮށްގެން ފައިސާނެގި މީހުންނަށް ބިރުދައްކާފައެވެ. އެހެންވެ ގިނަމީހުންތިބީ ފުލުހުންނަށް މައްސަލަ ހުށަހަޅަން ނުކެރި ބިރުންނެވެ.

comment ކޮމެންޓް