އުރީދޫއިން އީދަށް 25 ޕަސަންޓު ބޯނަސް ޑޭޓާ

ފިތުރު އީދާ ދިމާކޮށް އުރީދޫ މޯލްޑިވްސްއިން ހިލޭ 25 ޕަސަންޓު ޑޭޓާ ލިބޭ އޮފާއެއް ތައާރަފުކޮށްފިއެވެ.

އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ، މިއަދުން ފެށިގެން 27 ޖޫންގެ ނިޔަލަށް، އުރީދޫގެ "މައި އުރީދޫ" މޯބައިލް އެޕް މެދުވެރިކޮށް ޑޭޓާ ޕެކްއެއް ގަންނަ ނަމަ، އެ ޕެކޭޖަކާ އެކު 25 ޕަސަންޓު ޑޭޓާ ބޯނަސްގެ ގޮތުގައި ލިބޭނެ ކަމަށެވެ.

"ގާތްތިމާގެ މީހުންނާއި އެކީ ޢީދުގެ އުފާ ޙިއްޞާ ކުރުމުގައި، އުރީދޫގެ މި ޢީދު ހަދިޔާ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އަޅުގަނޑުމެން އުއްމީދުކުރަން،" ނޫރާ ވިދާޅުވިއެވެ.

އުރީދޫއިން އެކި އަގުތަކުގެ ޑޭޓާ ޕެކޭޖު ވިއްކައެވެ. އޭގެ ތެރޭގައި 550 އެމްބީއިން ފެށިގެން 200 ޖީބީއާ ހަމައަށް ޑޭޓާ ޕެކް، އުރީދޫގެ އެޕް މެދުވެރިކޮށް ލިބޭނެއެވެ.

comment ކޮމެންޓް