ދިރާގު ކުލަ އޮރެންޖަށް ބަދަލުކޮށް، ލޯގޯ ވެސް ބަދަލުކޮށްފި

ދިރާގުގެ މިހާރުގެ ލޯގޯ އޮރެންޖު ކުލާގައި (ކ). އެންމެ ފަހުން ބޭނުން ކުރި ލޯގޯ (މ). އަދި ދިރާގުގެ ހިދުމަތް 1988 ފެށިއިރު ބޭނުން ކުރި ލޯގޯ (ވ)

ރާއްޖޭގެ މުއާސަލާތީ އެންމެ ބޮޑު ކުންފުނި ދިރާގުގެ ކުލަ އޮރެންޖު ކުލައަށް ބަދަލުކޮށް، އެ ކުންފުނީގެ ލޯގޯ ވެސް ބަދަލުކޮށްފި އެވެ.

"ވަޓްސް ނެކްސްޓް"ގެ ނަމުގައި ވަރުގަދަ ކެމްޕޭނަކާ އެކު ސޯޝަލް މީޑިއާގައި ވެސް ހަރަކާތްތަކެއް ހިންގުމަށްފަހު، ދިރާގުން އާ ލޯގޯ ލޯންޗު ކުރީ މިރޭ އެވެ.

މިރެއިން ފެށިގެން ދިރާގުގެ ކުލައަކީ އޮރެންޖު ކުލައެވެ. މީޣެ އިތުރުން، އެ ކުންފުނިން މީގެ ކުރިން ބޭނުންކުރި ލޯގޯ ވެސް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން، ކުރިން ލެޓިން އަކުރުގެ ކެޕިޓަލް "ޑީ"އެއް ބޭނުންކޮށްގެން އަތްތިލައެއް ފެންނަ ގޮތަށް ހުރި ދިރާގުގެ ލޯ ބަދަލުކޮށްފައި ވަނީ، ލެޓިން އަކުރުގެ ސިމްޕަލް "ޑީ" އަކުރަކާ އެކު އަތްތިލައަކަށެވެ.

ދިރާގުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އެކުންފުނީގެ އާ ލޯގޯއާއި އޮރެންޖު ކުލައިގެ ފޮޓޯތައް އަޕްޑޭޓުކޮށްފައިވާ އިރު، ދިރާގުގެ ވެބްސއިޓު ވެސް ވަނީ އާ ލޯގޯއާ އެކު އަޕްޑޭޓުކޮށްފަ އެވެ. ދިރާގުން އާ ލޯގޯ އާއި ކުލަ ލޯންޗުކުރުމަށްޓަކައި ހިންގި މާކެޓިންގް ކެމްޕޭނުގެ ދަށުން އިއްޔެ ވަނީ ލިލީ މަގުގެ ހުޅަނގު ކޮޅުގައި އޮރެންޖު ކުލައިގެ ކުޑަތަކެއް ވެސް ނަގައިފައެވެ. އަދި މިދިޔަ ހަފްތާ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، 'ވަޓްސް ނެކްސްޓް'ގެ ކެމްޕޭނުތައް ހިންގާފައިވެއެވެ.

މިއީ ދިރާގުން ބޭނުންކުރާ ތިންވަނަ ލޯގޯ އެވެ. އެންމެ ފުރަތަމަ ދިރާގުން ބޭނުންކުރީ ނޫ ކުލައާ އެކު، ލޯގޯއެކެވެ. އެއީ ހުދާއި ނޫ ކުލައިގެ ވަށް ބުރެއްގެ ވަށައިގެން ރަތް ކުލައިގެ ފަށަލައެކެވެ. ނަމަވެސް 2000 ގެ އަހަރުތަކުގެ ތެރޭގައި ރަތް ކުލަ އާއި، އަތްތިލަ ފެންނަ ލޯގޯއަށް ދިރާގުގެ ލޯގޯ ބަދަލުކުރި އެވެ.

comment ކޮމެންޓް