"ޓޮޕް ގަން"ގެ ދެވަނަ ފިލްމެއް ކުޅޭ ކަމަށް ޓޮމް ކުރޫޒް އެއްބަސްވެއްޖެ

ޓޮމް ކުރޫޒް: ޓޮޕް ގަން ގެ ދެ ވަނަ ފިލްމެއްގައި ފެނިގެން ދާނެ

މިދިޔަ އަހަރުގެ ތެރޭގައި ޓޮމް ކުރޫޒް ފެނިގެންދިޔަ މަޝްހޫރު އެކްޝަން ޑްރާމާ ފިލްމު، "ޓޮޕް ގަން" ގެ ދެ ވަނަ ފިލްމެއް، ހެދުމުގެ ނިންމާފައިވާކަން ޕްރޮޑިއުސަރު ޖެރީ ބްރަކްހެއިމާ ވަނީ ބުނެފައެވެ. އަދި 30 އަހަރު ފަހުން އުފައްދާ ޓޮޕް ގަންގެ ދެ ވަނަ ފިލްމުގައި ޓޮމް ކުރޫޒް ފެނިގެންދާނެ ކަމަށް ބްރަކްހެއިމާ ވަނީ އެތައް އިޝާރާތެއް ދީފައެވެ.

އެ ހުރިހާ އިޝާރާތަކާ ބުނުމަކަށް ވެސް އެމެރިކާގެ މަޝްހޫރު އެކްޓަރު ޓޮމް ކުރޫޒް، ހުރީ ހަނުންނެވެ.

ނަމަވެސް އޮސްޓްރޭލިއަން މޯނިން ޓީވީ ޝޯއެއް ކަމަށްވާ "ސަންޝަން"ގައި ޓޮމް ކުރޫޒް ވަނީ ޓޮޕް ގަން ގެ ދެ ވަނަ ފިލްމެއްގައި އޭނާ ފެނިގެންދާނެ ކަމަށް ދެކެވޭ ވާހަކަތަކަށް އެއްބަސްވެފައެވެ.

"އެއީ ތެދެއް، އެއީ ތެދެއް. އެ ފިލްމުގައި މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް މި ބަލަނީ. އެ ފިލްމުގެ މަސައްކަތް އެބަ ކުރިއަށްދޭ،" ޝޯގައި ޓޮމް ކުރޫޒް ބުންޏެވެ.

"ޓޮޕް ގަން"ގެ އޮރިޖިނަލް ފިލްމާއެކު އެ ފިލްމުގައި ޕައިލެޓެއްގެ ރޯލުން ފެނިގެންދާ ކުރޫޒްގެ ފިލްމީ ކެރިއަރުގައި ކުރިއެރުންތަކެއް ލިބިގެންދިޔައިރު، ފިލްމަށް މުޅި ދުނިޔޭގެ ބޮކްސް އޮފީހުން 350 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފަ އެވެ.

comment ކޮމެންޓް