ދެވަނަ ޑިވިޒަން ފުޓްބޯޅަ މުބާރާތް:
ޔުނައިޓެޑް ވިކްޓަރީއަށް ހުއްރިއްޔާގެ މައްޗަށް ކުރި ހޯދިދާނެބާ؟

ދެވަނަ ޑިވިޒަންގެ ފުޓްބޯޅަ މުބާރާތުގެ ފަހު މެޗްގައި މިއަދު ހަވީރު 16:00 ގައި ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި ދެކޮޅަށް ޔުނައިޓެޑް ވިކްޓަރީ ޓާފް އެއް ނަންބަރު ދަނޑުގައި ބައްދަލުކުރާނެ އެވެ.

ޓޭބަލްގެ އެއްވަނާގައި 12 ޕޮއިންޓާއިއެކު ހުއްރިއްޔާ އުޅޭއިރު ޔުނައިޓެޑް ވިކްޓަރީ 10 ޕޮއިންޓާއިއެކު އޮތީ ދެވަނާގަ އެވެ. މި ދެޓީމުވެސް ކޮންމެ ޓީމަކުވެސް ހަތަރު މެޗް ކުޅެފައިވެ އެވެ. ޔުނައިޓެޑް ވިކްޓަރީ މޮޅުވެއްޖެނަމަ އެއްޕޮއިންޓް ކުރީގައިއޮވެ ޓޭބަލްގެ އެއްވަނަ ކަށަވަރުވާނެ އެވެ.

ހުއްރިއްޔާއަށް ދެވަނަ ޑިވިޜަންގެ ޗެމްޕިއަންކަން އެއްވަރުކޮށްލައިގެން ލިބޭއިރު، ޔުނައިޓެޑް ވިކްޓަރީ ޗެމްޕިއަންކަން ބޭނުންނަމަ މެޗުން މޮޅުވާން މަޖުބޫރުވާނެ އެވެ. އެހެންކަމުން ޔުނައިޓެޑް ވިކްޓަރީން ކ. ހުރައަށް ނިސްބަތްވާ ހުއްރިއްޔާ ސްޕޯޓްސްއަށް ޕްރެޝަރު ކުރިމަތިކުރާނެ އެވެ.

ޔުނައިޓެޑް ވިކްޓަރީ ދެވަނަ ބުރަށް ދަތުރުކުރީ މުބާރާތުގެ ފުރަތަމަ ބުރުގައި ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. ނަމަވެސް ދެވަނަ ބުރުގެ ފުރަތަމަ ބުރުގައި ޖޭޖޭ ސްޕޯޓްސްއާއި ބައްދަލުކޮށް 1-1 ން އެއްވަރުވުމުން އެރެކޯޑާއިގެން ކުރިއަށް ދެވޭގޮތެއް ނުވިއެވެ. ދެވަނަ ބުރުގެ ފަހު ތިންމެޗުންވެސް ޔުނައިޓެޑް ވިކްޓަރީ މޮޅުވެފައިވެއެވެ.

ހުއްރިއްޔާ ސްޕޯޓްސްއިން ފުރަތަމަ ބުރުގެ ފަހުމެޗް ނިންމާލީ ބައްޔަކުންނެވެ. އެމެޗް ރިވަރސައިޑްއާއި ބައްދަލުކޮށް ހުއްރިއްޔާ ބަލިވެފައިވަނީ 2-0 ންނެވެ. އެހެންނަމަވެސް ހުއްރިޔާވަނީ ދެވަނަ ބުރުގެ ހުރިހާ މެޗެއް ކާމިޔާބުކޮށްފައެވެ.

ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓަރީއަކީ ދިރާގު ދިވެހިލީގު ކޮލިފައިންއަށް ހޮވިފައިވާ ދެކުލަބެވެ. މިދެޓީމު ދިރާގު ދިވެހިލީގު ކޮލިފައިންގައި ބައްދަލުކުރަންޖެހޭނީ ކްލަބް ވިޔަންސާއާއި އޯލްޔޫތް ލިންކޭޖް )އޭވައިއެލް( އާއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު