މެކްސިކޯގެ ކުރީގެ ރިޔާސީ ކެންޑިޑޭޓް ފެނާންޑޭޒް ރަހީނުކޮށްފި ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފި

14:30


މެކްސިކޯގެ ކުއެރެޓާރޯ ސްޓޭޓުގެ ބަޔަކު އެގައުމުގެ ކުރީގެ ރިޔާސީ ކެންޑިޑޭޓް އަދި އެގައުމުގެ ނެޝަނަލް އެކްޝަން ޕާޓީގެ ސީނިއާ މެމްބަރެއް ކަމަށްވާ ފެނާންޑޭޒް ޑި ސެވަލޯސް ރަހީނުކޮށްފި ކަމަށް އެގައުމުގެ ނޫސްތަކުން ބުނެފި އެވެ.


މެކްސިކޯގެ ނޫހެއް ކަމަށްވާ އެލް ޔުނިވަރސަލް އިން ބުނެފައި ވަނީ ކުއެރެޓާރޯ ސްޓޭޓުގައި ހުންނަ ސެވަލޯސްގެ ގެކޮޅުން އޭނާގެ ކާރު ފެނިފައިވާ ކަމަށާއި ކާރުތެރޭން އޭނާގެ އައިނާއި ގަލަމުގެ އިތުރުން ގިނަ އަދަދެއްގެ ލޭ ފެނިފައިވާ ކަމަށެވެ.


ސެވަލޯސް ގެއްލިފައިވާކަން މެކްސިކޯގެ ފެޑެރަލް އެޓާނީ ޖެނެރަލްގެ އޮފީހުން ކަށަވަރުކޮށްދިން ނަމަވެސް އޭނާ ރަހީނުކޮށްފައިވާކަން ޔަގީންކޮށްނުދެވޭނެ ކަމަށް އެފަރާތުން ވަނީ ބުނެފަ އެވެ.


އުމުރުން 69 އަހަރުގެ ސެވަލޯސް ވަނީ 1994 ވަނަ އަހަރު އެގައުމުގެ ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންފަ އެވެ. ނަމަވެސް އޭނާ ބެލެވިފައި ވަނީ އަދިވެސް ގައުމުގެ އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ޝަޚުސިއްޔަތުގެ ގޮތުގަ އެވެ. މީގެ އިތުރުން އޭނާ އަކީ ގައުމުގެ އެންމެ ކާމިޔާބު އެޓާނީ ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.


ސެވަލޯސް ރަހީނުކޮށްފައި މިވަނީ މެކްސިކޯގެ ބަޔަކު، އެގައުމުގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުން އަންނަ ދުވަސްވަރެއްގަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު