ހަތަރު މިލިއަނެއްހާ ރުފިޔާގެ ހެރޮއިން ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފި

ކަސްޓަމުން އަތުލައިގަތް މަސްތުވާތަކެތި --- ފޮޓޯ/ ކަސްޓަމްސް

އެއް ކިލޯއަށް ވުރެ ގިނަ ހެރޮއިން ރާއްޖެ އެތެރެ ކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް އެތަކެތި އަތުލައިގެންފި އެވެ. ކަސްޓަމްސްއިން ބުނީ އެ ތަކެތީގެ މަގުމަތީ އަގު ހަތަރު މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

ކަސްޓަމުން ބުނީ، އެތަކެތި އަތުލައިގެންފައިވަނީ މިމަހުގެ ދެ ވަނަ ދުވަހު މާލެ އައި ފިރިހެނެއްގެ އަތުން ކަމަށާއި، އެތަކެތީގެ ބަރުދަނުގައި 1.1 ކިލޯ ހުރި ކަމަށެވެ. އޭނާ އެތަކެތި އެތެރެކުރަން މަސައްކަތްކޮށްފައި ވަނީ އޭނާ އަރައިގެން ހުރި ބޫޓުގެ ތެރެއަށް ލައިގެންނެވެ.

comment ކޮމެންޓް