ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް:
ދިވެހި ލީގަށް ކޮލިފައިވުމުގެ ލިސްޓަށް ހުރަ އާއި ޔުނައިޓެޑް ވިކްޓަރީ

މިހާރު ކުރިއަށްދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި އިއްޔެ ޖޭޖޭ ސްޕޯޓްސް ބަލިކޮށް، ދިވެހި ލީގުގެ ކޮލިފައިންގެ ޖާގައެއް ހުއްރިއްޔާ ސްޕޯޓްސް ކްލަބް )ހުރާ( އިން ކަށަވަރުކޮށްފި އެވެ.

އިއްޔެ ހަވީރު ޓާފް ދަނޑުގައި ކުޅުނު މެޗް ހުރާ އިން ކާމިޔާބު ކުރީ 1-0 ލަނޑުނެވެ. މެޗްގެ ހުރާއިން ޖެހި އެ ޓީމްގެ ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ޝިބާއު އެވެ.

އެ މުބާރާތުގައި އަދި ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު ކުޅެން އޮތް އިރު، ތާވަލުގެ އެއްވަނައިގައި އޮތީ ހުރާ އެވެ. އެއީ 12 ޕޮއިންޓާ އެކު އެވެ.

ތާވަލްގެ ދެވަނާގައި 10 ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓަރީ އޮތް އިރު، އިއްޔެ ހުރާ މޮޅުވެ ނެރުނު ނަތީޖާގެ ސަބަބުން ޔުނައިޓެޑް ވިކްޓަރީ ވެސް ވަނީ ދިވެހި ލީގު ކޮލިފައިންގެ ޖާގަ ކަށަވަރުކޮށްފަ އެވެ.

މި މަހުގެ 16 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ދިވެހި ލީގު ކޮލިފައިންގައި ހުރަ އާއި ޔުނައިޓެޑް ވިކްޓަރީއާ އެކު ދެން ވާދަކުރާނީ ދިވެހި ލީގުގެ ގަދަ ހަޔަކުން ކެޓި އޯލް ޔޫތު ލިންކޭޖް )އޭވައިއެލް( އާއި ވިޔަންސާ އެވެ. އެގޮތުން ކޮލިފައިން ބުރުގެ ގަދަ ދެ ޓީމު އަންނަ އަހަރުގެ ލީގަށް ކޮލިފައިވާނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު