ފިނި މޫސުމުގެ އޮލިމްޕިކްސް 2018 ގައި ބާއްވާނީ ސައުތު ކޮރެޔާގައި

ސައުތު ކޮރެޔާގެ ޕިއޮންގްޗެންގްގައި 2018 ވަނަ އަހަރުގެ ފިނިމޫސުމުގެ އޮލިމްޕިކްސް ބާއްވާގޮތަށް ބައިނަލްއަގްވާނީ އޮލިމްޕިކް ކޮމިޓީން ހަމަޖައްސައިފި އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ފިނިމޫސުމުގެ އޮލިމްޕިކްސް ބޭއްވުމަށް ހުށަހެޅި އަނެއް ދެ ގައުމަކީ ޖަރުމަނާއި ފްރާންސެވެ. ޖަރުމަނުން މިއުނިކްގައި ބޭއްވުމަށް ހުށަހެޅިއިރު ފްރާންސްއިން އެނެސީގައި އޮލިމްޕިކްސް ބާއްވާގޮތަށް ހުށަހަޅާފައިވެ އެވެ.

ސައުތު ކޮރެޔާގެ ޕިއޮންގްޗެންގްގައި އޮލިމްޕިކްސް ބޭއްވުމަށް 2010 އަކާއި 2014 އަށްވެސް ކުރިން ހުށަހަޅައި ނާކާމިޔާބުވެފައި ވެއެވެ. 2010 ގެ ކެނެޑާގެ ވެންކޯވާގައި ބޭއްވުމަށް ހޮވުނީ އެންމެ ތިން ވޯޓުގެ ތަފާތުންނެވެ. 2014 ވަނަ އަހަރުގެ އޮލިމްޕިކްސް ރަޝިޔާގެ ސޯޗީއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓްގެ ފަރަގަކުންނެވެ.

މިއީ ސައުތު ކޮރެޔާގައި ފިނިމޫސުމުގެ އޮލިމްޕިކްސް މުބާރާތް ބާއްވަން ލިބުނު ފުރަތަމަ ފުރުސަތެވެ. މީގެ ކުރިން ސައުތު ކޮރެޔާގެ ސޯލްގައި ބޭއްވި 1988 ވަނަ މުބާރާތަކީ އޮލިމްޕިކްސް ހޫނު މޫސުމުގެ މުބާރާތެވެ.

ސައުތު ކޮރެޔާގައި 2018 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފިނިމޫސުމުގެ އޮލިމްޕިކްސް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އެއަހަރުގެ ފެބްރުއަރީމަހު ނުވަ ވަނަ ދުވަހުއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު