ޒުވާން ކުޅުންތެރިން ހިމަނައިގެން އިންޑިއާ ޓީމް މާލެ އަތުވެއްޖެ

ރާއްޖެ އާއި ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗަށް ނުކުންނަ އިންޑިޔާގެ ޤައުމީ ޓީމް މިއަދު މެންދުރު މާލެ އައިސްފި އެވެ.

އިންޑިއާގެ ޤައުމީ ޓީމާ ދެކޮޅަށް ދިވެހި ގައުމީ ޓީމް ކުޅޭ އެކުވެރިކަމުގެ މެޗަކީ ވޯލްޑް ކަޕް ކޮލިފައިންގެ ދެ ވަނަ ބުރުގައި މި މަހުގެ 23 ވަނަ ދުވަހާއި 28 ވަނަ ދުވަހު އީރާނާ ދެކޮޅަށް ރާއްޖެ ކުޅެންޖެހޭ ދެ މެޗަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މެޗެކެވެ. އަދި އިންޑިއާ ޓީމް ވެސް ވަނީ މި މުބާރާތުގެ ދެ ވަނަ ބުރަށް ކޮލިފައިވެފަ އެވެ. އެގޮތުން ދެ ވަނަ ބުރުގައި އިންޑިއާ ނުކުންނަން ޖެހެނީ ޔޫއޭއީއާ ދެކޮޅަށެވެ.

އިންޑިއާ ޓީމް މިއަދު މާލެއާއިރު އެޓީމްގެ ސްކޮޑް ގައި ހިމެނޭ 30 ކުޅުންތެރިނެވެ. އޭގެ ތެރެއިން ގިނަ ކުޅުން ތެރިންނަކީ ޒުވާން ކުޅުން ތެރިންނެވެ. ކޯޗަކަށް ހުރީ، އަލަށް ކޯޗް ކަމާހަވާލުވި ކޮލާސޯ އެވެ.
އިންޑިއާ ޓީމް ރާއްޖޭގައި ތިބުމަށް ހަމަޖެހިފައި ވަނީ ނަސަންދުރަ ޕެލަސް ހޮޓަލްގައެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި ކުޅެން ހަމަޖެހިފައިވާ މެޗަށް ދިވެހި ޓީމް ނުކުންނައިރު، ޓީމުގެ ކެޕްޓަން އަލީ އަޝްފާގު(ދަގަނޑޭ) ވަނީ އިންޑިއާ މެޗަށް ނެގި ސްކޮޑުން ބާކީކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު