ނަސީބުވެރިޔާއަށް ވެލިގާއިން ރަތް އައިފޯނު ހަވާލުކޮށްފި

ވެލިގާގެ ޕްރޮމޯޝަނުގެ ނަސީބުވެރިޔާއަށް ފޯނު ހަވާލުކުރުން -- ފޮޓޯ/ ވެލިގާ

ވެލިގާ ހާޑުވެއާގެ ނުވަވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ސޯޝަލް މީޑިއާގައި ކުރިޔަށް ގެންދިޔަ ހަރަކާތުގެ ނަސީބުވެރިޔާއަށް، ވެލިގާ ހާޑުވެއާއިން އައިފޯން 7 ރެޑު ހަވާލުކޮށްފި އެވެ.

އެ ކުންފުނީގެ ފަރާތުން ކުރިއަށް ގެންދިޔަ ސޯޝަލް މީޑިއާ ޕްރޮމޯޝަނުގައި ޖެހުނީ ފޭސްބުކްގައި ނަމަ ވެލިގާގެ ޕޭޖުން ޕޯސްޓުކޮށްފައިވާ ފޮޓޯއަށް ލައިކު ދީ، ތިން ރަހުމަތްތެރިން ޓެގުކޮށް، އަދި ފޮޓޯ ޝެއާ ކުރާށެވެ. ޓުވިޓާގައި ހިންގާ ހަރަކާތުގައި ޖެހުނީ ވެލިގާގެ ފޮޓޯ ރީޓުވީޓު ކުރާށެވެ.

ޓެކްނިކަލް މައްސަލަތަކެއް ދިމާވި ނަމަވެސް ވެލިގާއިން މި ހަރަކާތް ކުރިޔަށް ގެންގޮސް، ހޯމަ ދުވަހުގެ ރޭ ނަސީބުވެރިޔާ ގުރުއަތުލީ މީޑިއާގެ ހާޒިރުގަ އެވެ. ނަސީބުވެރިއަކަށް ހޮނުވީ "ފާތިމަތު ޔޫ ޔޫހާ" ނަމުގައި ހުޅުވާފައިވާ ފޭސްބުކް އެކައުންޓެވެ.

އެ އެކައުންޓުގެ ވެރިފަރާތަށް ރަތް އައިފޯނު، ވެލިގާއިން ވަނީ އިއްޔެ ހަވާލުކޮށްފަ އެވެ.

ނަސީބުވެރިޔާ ހޮވަންދެން ދިޔައީ ވެލިގާގެ ވެބްސައިޓުގައިވާ ލިސްޓުގައި ހުރި ނަންތައް ރޯލް ކުރަމުންނެވެ. އަދި އެ ލިސްޓުގައި ނަން ނެތް ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލި އެވެ. އެގޮތުން ލިސްޓުގައި ނަން ނެތް ކަމަށް ރިޕޯޓު ކުރި 200 އެއްހާ ފަރާތެއްގެ އައިޑީތައް ޗެކް ކުރުމަށް ފަހު ވަނީ ލިސްޓަށް އިތުރުކޮށްފަ އެވެ.

މި މުބާރާތުގައި ޓުވިޓާއާއި ފޭސްބުކް ޔޫސާސްގެ ތެރެއިން 12800 އެއްހާ މީހުން ބައިވެރިވި ކަމަށް ވެލިގާއިން ބުންޏެވެ.

އަދި މި ހަރަކާތް ކުރިޔަށް ގެންދިޔަ މުއްދަތުގައި ވެލިގާ ހާޑްވެއާގެ ފޭސްބުކް ޕޭޖަށް 6000 ލައިކްސް އިތުރުވިކަމަަށް އެކުންފުނިން ބުނެ އެވެ.

comment ކޮމެންޓް