މައުމޫން ފައުންޑޭޝަންގެ ސްކޮލާޝިޕްތަކަށް ހޮވުނު ނުވަ ކުދިންނަށް ސްކޮލާޝިޕް ހަވާލުކޮށްފި

ނޫސްވެރިކަމުގެ ދެ ކޯހަކާއެކު މައުމޫން ފައުންޑޭޝަނުން އިއުލާން ކުރި ނުވަ ކޯހަކަށް ހޮވުނު ކުދިންނަށް ސްކޮލަޝިޕްތައް ފައުންޑޭޝަންގެ ޗެއާޕާސަން ކުރީގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބުދުލް ގައްޔޫމް ހަވާލުކޮށްދެއްވައިފި އެވެ.

މައުމޫން ފައުންޑޭޝަނުން މި ފަހަރުގެ ސްކޮލާޝިޕް އިއުލާނުކޮށްފައި ވަނީ ހަ ދާއިރާއަކުން ނެވެ. އެއީ ޓޫރިޒަމްހިސްޓަރީ އެންޑް ޖާނަލިޒަމް ކޯހަކާއި ޖާނަލިޒަމް ސައިކޮލޮޖީ އެންޑް އިންގްލިޝްގެ ތިން އަހަރުގެ ޑިގްރީ ކޯހަކާއި ކޮމްޕިއުޓަރު އެޕްލިކޭޝަންސް ޑިގްރީ ކޯހަކާއި ކޮމާސް ޑިގްރީ ކޯހެކެވެ. ދެން ބިޒްނަސް މެނޭޖްމެންޓްގެ ކޯހަކާއި ހޮޓެލް މެނޭޖްމެންޓްގެ ކޯހަކާއި ބަޔޯޓެކްނޮލޮޖީ ބަޔޯކެމިސްޓްރީ އެންޑް ޖެނެޓިކްސްގެ ޑިގްރީ ކޯހެކެވެ.
އެ ގޮތުން ޖާނަލިޒަމްގެ އެއް ކޯހަށް ގ. ޝޭޑީ ގްރައުންޑް އިބްރާހީމް މުހައްމަދު ހޮވުނު އިރު އަނެއް ކޯހަށް ހޮވުނީ ގ. ޖިންޖާވިލާ ފަޒުލާ އަހުމަދު ޝިޔާމެވެ.

އަދި ބެޗްލާ އޮފް ކޮމްޕިއުޓިން ކޯހަށް ހޮވުނީ މުހައްމަދު އިޝާން، ރ. ކަނދޮޅުދޫ ނޫރަންވިލާ އެވެ. ބެޗްލާ އޮފް ބިޒިނަސް މެނޭޖުމަންޓަށް، އަހުމަދު ހަމަދު، ޗާނދަނީގެ ށ. މާއުނގޫދޫ، ހޮނު އިރު ބެޗްލާ އޮފް ހޮޓެލް މެނޭޖްމަންޓް ކޯހަށް، ބ. ހިތާދޫ، ރަނައުރާގެ މުހަންމަދު ޒިޔާދު ހޮވުނެވެ. ބެޗްލާ އޮފް ކޮމާސް ކޯހަށް، ވިލިމާލޭ ފަރުވެލި، އަހުމަދު ފަރުޒާން އާއި މ. ވެރާ، އާމިނަތު ރިފާގު ތައުފީގާއި ތ. ކިނބިދޫ، ހުނވަދުމާގެ، މަރިޔަމް ރިލުވާން އެވެ. އަދި ބަޔޯ ޓެކްނޮލެޖީ، ބަޔޯ ކެމިސްޓްރީ އެންޑް ޖެނެޓިކް ކޯހަށް ފުވައްމުލަކު، މާލެގަން އާމިނަތު ޒުލްފާ އެވެ.

އެ ފައުންޑޭޝަނުން ހުޅުވާލި ސްކޮލަޝިޕްތަކަށް ކުދިން ހޮވުމުގައި ބަލާފައި ވަނީ އެ ކުދިންގެ ތައުލީމަށާއި ނަން ހުށަހެޅި ދާއިރާތަކުން ލިބިފައިވާ ތަޖުރިބާ އަށް ކަމަށް އެ ފައުންޑޭޝަނުން ބުނެޏެވެ.
ސްކޮލަޝިޕްތަކަށް ކުދިން ހޮވި ޕެނަލްގައި ހިމެނި ވަޑައިގަންނަވަނީ ޑރ. މުހައްމަދު ސައުދާއި، ޑރ. މުހައްމަދު ހަބީބާއި، އަނީސާ އަހުމަދާއި އަދި އަހުމަދު ޒާހިރު (ހިރިގާ) އެވެ.

ކޯސްތަކަށް ހޮވުނު ކުދިން އަންނަ މަހު ފުރާ ގޮތަށް ހަމަޖެހިފައިވާއިރު އެ ކުދިންގެ އެކޮމަޑޭޝަންގެ ކަންތައް ކުރަން ޖެހެނީ އަމިއްލަ އަށެވެ. މައުމޫން ފައުންޑޭޝަނުން ދޭ ގޮތަށް ހަމަޖެހިފައި ވަނީ ހަމަ އެކަނި ޓިއުޝަން ފީ އެވެ.

މިދިޔަ އަހަރު މައުމޫން ފައުންޑޭޝަނުން ހުޅުވާލި ސޮކްލަޝިޕްތައް ދީފައި ވަނީ މުޅިން ހިލޭ އެވެ. އެގޮތުން މިދިޔަ އަހަރު ވަނީ ނާސިން އާއި ފިޒިއޮތެރަޕީގެ ރޮނގުން ހަތަރު ސްކޮލާޝިޕެއްދީފަ އެވެ.

ސްކޮލާޝިޕް ތަކަށް ހޮވުނު ދަރިވަރުންނަށް ސްކޮލަޝިޕްތައް ހަވާލުކޮށްދެއްވުމަށް މިރޭ ޝީ ބިލްޑިން ގައި ބޭއްވި ރަސްމިއްޔާތުގައި މައުމޫން ވިދާޅުވީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ އިސް ފަރާތްތަކާ އެ ގައުމުގެ ކޮލެޖް ތަކުން ރާއްޖޭގެ ކުދިންނަށް ސްކޮލަޝިޕްތައް ހޯދައިދިނުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އެ ފުރުސަތު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީން ކަން އެފަރާތުން ދީފައިވާ ކަމަށެވެ.

ސްކޮލަޝިޕްތައް އެވޯޑް ކުރުމުގެ ހަފުލާގައި ކުދިންގެ ބެލެނިވެރިންގެ އިތުރުން އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ސަފީރާއި ބަންގްލަދޭޝްގެ ސަފީރު ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިރޭގެ ރަސްމިއްޔާތުގައި މައުމޫން ފައުންޑޭޝަނުން ވަނީ އަންނަ ރަމަޟާން މަހު ވެސް ރަމަޟާން މަހުގެ ރޭތައް އިހުޔާ ކުރުމުގެ ޕްރޮގްރާމް ތައް ކުރިއަށް ގެންދާނެ ކަން އިޢުލާން ކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު