ސްކޫލް ވޮލީ މުބާރާތް ވެސް ފަސްކޮށްފި

ރާއްޖޭގައި ޑެންގީ ފެތުރެމުންދާތީ މިހާރު ކުރިއަށްދާ އިންޓަ ސުކޫލް ފުޓްބޯޅަ މުބާރާތާއި ސްކޫލް ކުދިންގެ ކެރަމް މުބާރާތް ވަކި މުއްދަތެއް ނެތް ގޮތަށް އިއްޔެ މެދުކަނޑާލިއިރު، އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ 17 ވަނަ އިންޓަ ސުކޫލް ވޮލީ މުބާރާތް ފެށުން ވެސް ފަސްކޮށްފި އެވެ.

ވޮލީ އެސޯސިއޭޝަންގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ، ހުކުރު ދުވަހު ފަށަން އޮތް މުބާރާތް ފަސްކުރަން ނިންމީ ދިވެހިރާއްޖޭގެ ތައުލީމް ކުރިއަރުވާ މަރުކަޒުގެ އެދުމުގެ މަތިން ޑެންގޫ ހުމުގެ ސަބަބުން ރައްކާތެރިވުމަށް ކަމަށެވެ. މުބާރާތް ފަސްކުރީ ވަކި މުއްދަތެއް ނެތް ގޮތަށް ވެސް އޭނަ ވިދާޅުވި އެވެ.

ސޯޅަ ސްކޫލަކުން ޖުމަލް 28 ޓީމް ވާދަ ކުރާ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތީ ތިން އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެގޮތުން އެއީ ފިރިހެން އަދި އަންހެން ދެބައިއެކޮށް ވާދަކުރާ، 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.

ސާދަ އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގައި ޖުމްލަ ފަސް ޓީމް ވާދަކުރާއިރު، އަންހެން ކުންގެ ބައިގައި ވެސް ހިމެނެނީ ފަސް ޓީމެވެ. އަދި 16 އަހަރުން ދަށުގެ ދެ ޖިންސުގެ ކޮންމެ ބައެއްގައި ތިން ޓީމް ވާދަކުރާއިރު، 19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގައި ވާދަ ކުރަނީ އަށް ޓީމެވެ. އަދި އަންހެން ކުދިންގެ ބައިން ވާދަކުރަނީ ހަތަރު ޓީމެވެ.

މުބާރަތުގެ ބައިވެރިވި 19 އަހަރުންދަށުގެ އަށް ޓީމްގެ ތެރޭގައި ރާއްޖެ ތެރޭގެ ދެސުކޫލެއް ވެސް ވަނީ ބައިވެރިވެފައެވެ. އެގޮތުން އެއީ އަލަށް ބައިވެރިވި ފ. އަތޮޅު މަދުރުސާއާއި ފާއިއިތުވި ދެއަހަރު މި އުމުރުފުރާގެ ޗެމްޕިއަން ވ. އަތޮޅު ތައުލީމީ މަރުކަޒެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު