ޑެންގީ ކޮންޓްރޯލް ވަންދެން ސްކޫލް ފުޓްބޯޅަ އާއި ކެރަމް މުބާރާތް މެދު ކަނޑައިލައިފި

ރާއްޖޭގައި ހަލުވި ކަމާއެކު ޑެންގީ ފެތުރެމުންދާތީ މިހާރު ކުރިއަށްދާ އިންޓަ ސުކޫލް ފުޓްބޯޅަ މުބާރާތާއި ސްކޫލް ކުދިންގެ ކެރަމް މުބާރާތް ވަކި މުއްދަތެއް ނެތް ގޮތަށް މިއަދު މެދުކަނޑައިލައިފި އެވެ.

ކެރަމް އެސޯސިއޭޝަންގެ ޗެއާޕާޝަން އަހުމަދު މުބީން ވިދާޅުވީ، މުބާރާތް ވަގުތީ ގޮތުން މެދު ކަޑައިލީ ޑެންގީ ހުން ފެތުރެމުންދާތީ އެޑިއުކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ. މުބާރާތް ވަގުތީ ގޮތުން މެދު ކަނޑާލިއުރު، މިއަދު ކުޅެން ހަމަޖެހިފައިވާ އިވެންޓުތަކުގެ ކުޅުން ވެސް ހުއްޓާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މުބާރާތް ދެން ފަށާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް ވެސް އެސޯސިއޭޝަނުން ބުންޏެވެ.

ސްކޫލް ކުދިންގެ ފުޓްބޯޅަ މުބާރާތާ ބެހޭ ގޮތުން އެފްއޭއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ، މިއަދު ހެނދުނު ކުޅުނު މެޗަށް ފަހު މުބާރާތް ހުއްޓައިލީ އެޑުއިކޭޝަން މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ. އެވެސް މުއްދަތެއް ނެތް ގޮތަށެވެ.

ހަލުވި ކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ޑެންގީ ހުން ޖެހިގެން ވޭތުވުވެދިޔަ ދެ ހަފްތާތެރޭގައި ފަސް ކުއްޖަކު ވަނީ މަރުވެފަ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޑެންގީ ހުން ކޮންޓްރޯލް ކުރެވެންދެން ސުކޫލް ތަކުން ކުރިއަށް ގެންދާ ވަރަށް ގިނަ ހަރަކާތްތައް ވެސް ވަނީ ފަސްކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު