އިންޓަ ސްކޫލް ފުޓްބޯޅަ:
ކަލާފަން ބަލިކޮށް އަރަބިއްޔާއިން ސެމީ ފުރުސަތު ބޮޑުކޮށްފި

މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި މިއަދު ހެނދުނު ކަލާފާނާ ދެކޮޅަށް އަރިބިއްޔާ ކުޅުނު މެޗް 3-0 ލަނޑުން ކާމިޔާބުކޮށް، ސެމީ ފައިނަލުގެ ފުރުސަތު އަރަބިއްޔާއިން ބޮޑުކޮށްފި އެވެ.
މެޗުގައި އަރިބިއްޔާއިން ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު އެ ޓީމުން ޖަހާފައި ވަނީ މެޗްގެ 11 ވަނަ މިނެޓުގައި އަންސާރު އިބްރާހިމް އެވެ. ދެ ވަނަ ލަނޑު މެޗްގެ 49 ވަނަ މިނެޓުގައި މުހައްމަދު މަމްސޫޤް ކާމިޔާބު ކުރިއިރު، ފަހު ލަނޑު 67 ވަނަ މިނެޓުގައި ޖަހައި ދިނީ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިން އަންސާރެވެ.

މެޗުން މޮޅުވެ ސެމީގެ ފުރުސަތު އަ ރަބިއްޔާއިން ބޮޑު ކުރިއިރު، މުބާރާތުގައި އެ ޓީމް ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާއުކު އޮތީ ތާވަލްގެ ދެވަނައިގަ އެވެ. ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓާއި ފައިދާ 13 ލަނޑާ އެކު އޮތީ ދަރުމަވަންތަ އެވެ. ދަރުމަވަންތަ އަށް ގާތްގަނޑަކަށް ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވެފައިވާއިރު، އަރަބިއްޔާ އަށް ސެމީގެ ޖާގަ ލިބޭނީ މި ގުރޫޕުގައި އަންނަ ބުރާސްފަތި ދުވަހު ދަރުމަންތަ އާއި ގަލޮޅު މަދަރުސާ ކުޅޭ މެޗުން ގަލޮޅު މަދަރުސާ މޮޅު ނުވެއްޖެ ނަމަ އެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި ހިމެނޭ އަށް ޓީމު ދެ ގުރޫޕަކަށް ބަހާލުމަށް ފަހު ކުޅޭ ގްރޫޕް ސްޓޭޖުން ސެމީ ފައިނަލަށް ދާނީ ދެ ގުރޫޕުގެ އެއްވަނަ އާއި ދެ ވަނަ ހޯދާ ޓީމުތަކެވެ.
މި އުމުރުފުރާގެ އިމްރާން ގުރޫޕުން އަހުމަދިއްޔާ ސެމީފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރު ކުރިއިރު، ދެ ވަނަ ޖާގަ ކަށަވަރު ވާނީ މާދަމާ ވިލިމާލޭ މުހްޔިއްދީނާ ދެކޮޅަށް މަޖީދިއްޔާ ބައްދަލު ކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. މޮޅުވާ ޓީމެއް ސެމީފައިނަލަށް ދަތުރު ކުރާނެ އެވެ.


ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު