އެކްސިޑެންޓްވެ ކަނދުރާ ބިނދުނު ތިނަދޫ މީހާއަށް ލަންކާގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ

ގދ. ތިނަދޫގައި ފުލުސް ވޭނަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓްގައި ޒަޚަމްވެ، ކަނދުރާ ބިނދުމަށްފަހު ކޯމާއެއްގައި އޮތް މީހާ އަށް ސްރީލަންކާގައި އިތުރު ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.

މިދިއަ އާދީއްތަ ދުވަހު ތިނަދޫ ބޮޑު މަގަކުން ދުއްވާފައި ދިޔަ ސައިކަލަކާއި ފުލުހުންގެ ވޭނެއް ޖެހި ހިނގި އެކްސިޑެންޓްގައި ޒަޚަމްވި އެ ރަށު ބްރޯން، މޫސާ މަނިކު،32، އަށް އިތުރު ފަރުވާ ދެމުން ދަނިކޮށް މަރުވީ މިއަދު ހެނދނު 7:00 ޖެހި އިރު އެވެ.
އާއިލާއިން ބުނީ މަނިކުގެ ހާލު ރޭ ދަންވަރުން ސުރެ ދިޔައީ ދަށްވަމުން ކަމަށެވެ. އަދި ބުނީ އާއިލާއިން މަސައްކަތް ކުރަނީ މަނިކުގެ ހަށިގަނޑު ރާއްޖެ ގެނައުމަށް ކަމަށްވިޔަސް އަދި އެކަން ހަމަނުޖެހޭ ކަމަށެވެ.


އޭނާއަށް ފަރުވާ ދޭން ލަންކާއަށް ގެންދިޔައީ އާދީއްތަ ދުވަހުގެ ރޭ ދަންވަރު އެވެ.
މަނިކު މަރުވީ ސިކުނޑީގައި ހުރި ސެލްތައް މަރުވެ، ސިކުނޑި މަސައްކަތް ނުކޮށްގެން ކަމަށް ވެއެވެ. އެކްސިޑެންޓްގައި ޒަހަމްވި މަނިކުގެ ކަރު ބިނދުމުގެ އިތުރަށް ބޮލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

މީގެ ދެ އަހަރުން ކުރިން ވެސް އެކްސިޑެންޓެއްވެ ވެފައިވާ އެ ރަށުގެ މަޝްހޫރު ކެޔޮޅު،މަނިކުގެ އެކްސިޑެންޓްގެ ޒިންމާ އުފުލަން ޖެހޭނީ ފުލުހުން ކަމަށް އޭނާގެ އާއިލާ އިން ވަނީ ބުނެފަ އެވެ.

މަނިކު މަރުވި އިރު އަންބަކު ނެތެވެ. ނަމަވެސް އޭނާގެ ތިން ކުދިން އެބަތިއްބެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު