ސްޓެލްކޯ އިން ކަރަންޓް ގުޅައިދިނުމަށް ފިކްސްޑް ރޭޓްތަކެއް ކަނޑައަޅައިފި

ސްޓެލްކޯ އިން ކުރިން ކަރަންޓް ގުޅައިދިނުމުގެ އަގު ނަގަމުން އައި، ތަކެއްޗަށް ޚަރަދުވާ މިންވަރު ބަލައި އަގު ނެގުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ވަކި ރޭޓަކުން ]ފިކްސްޑް ރޭޓަކުން[ އަގު ނަގާ ގޮތަށް އެ ކުންފުނިން ހަމަޖައްސައި މިއަދު އިއުލާންކޮށްފި އެވެ.

ސްޓެލްކޯ އިން އިއުލާން ކުރި އައު އުސޫލުގެ ދަށުން ސިންގަލް ފޭސް ކަރަންޓް ގުޅައިދިނުމަށް ނަގަނީ މީޓަރާ އެކު 2000 ރުފިޔާގެ ފީއެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ. މީޓަރު ނުހިމަނާ ނަމަ 1500ރުފިޔާ އެވެ. އަދި ތްރީފޭސް ކަރަންޓް ގުޅައި ދިނުމަށް ނަގާނީ މީޓަރާ އެކު ނަމަ 5500 ރުފިޔާ އެވެ. މީޓަރު ނުހިމަނާ 2500 ރުފިޔާ އެވެ.

އެ ކުންފުނިން މިއަދު ނޫސްތަކަށް މައުލޫމާތުދީފައިވާ ގޮތުގައި އައު އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

ކުރިން ކަރަންޓް ގުޅައިދިނުމުގެ އަގު ނަގަނީ އެކަމަށް ބޭނުންކުރަން ޖެހޭ ކޭބަލްގެ ދިގު ކުރުމިނާއި އެކަމަށް ބޭނުންކުރާ އެހެނިހެން ތަކެތި އަގުކޮށް އެސްޓިމޭޓް އުސޫލަކުން ކަމަށާއި ނަމަވެސް އައު އުސޫލުގެ ދަށުން ކަރަންޓް ގުޅާ ހުރިހާ ފަރާތްތަކަކުން ވެސް އަގު ދައްކަން ޖެހޭނީ އެއް ރޭޓަކުން ކަމަށް އެ ކުންފުނީގެ އިންޖިނިއަރު އިބުރާހީމް ރައޫފް މިއަދު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު