އިންޓަ ސްކޫލް ފުޓްބޯޅަ:
ހިތްދަތި ގޮތަކަށް އިމާދުއްދީން މުބާރާތުން ކަޓައިފި

މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި މިއަދު ހެނދުނު ވިލިމާލޭ މުހިއްޔުއްދީން ސުކޫލާއި ބައްދަލުކޮށް 2-1 ލަނޑުން ބަލިވެ، އިމާދުއްދީން ސުކޫލް މުބާރާތުން ކަޓައިފި އެވެ.

އެ ޓީމް މުބާރާތުން ކެޓީ ހިތްދަތި ގޮތަކަށް އެއްވެސް ޕޮއިންޓެއް ކާމިޔާބު ނުކުރެވި އެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހާ މުހިއްޔުއްދީން ސުކޫލުން ލީޑް ނެގީ މެޗްގެ 12 ވަނަ މިނެޓުގައި އަހުމަދު ވަޖީހެވެ. އޭގެ ފަހުން ނަތީޖަ ހަމަހަމަ ކުރަން އިމާއްދުއްދީނަށް ރަނުގެ ފުރުސަތެއް ލިބުނު ނަމަބެސް ޝިފާޒް އާދިލް ޕެނަލްޓީ ޖެހީ ބޭރަށެވެ. މުހްޔިއްދީނުން ލީޑު ފުޅާކުރީ ދެވަނަ ހާފުގެ 52 ވަނަ މިނެތުގައި މުހައްމަދު ޝާދިން ކާމިޔާބުކުރި ޕެނަލްޓީންނެވެ.

މެޗުން ބަލިވެ، މުބާރާތުން އަލްވަދާއުކީ އިމާދުއްދީން ސުކޫލުން ޖެހި އެ ޓީމްގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ނަޝްވާން ވަހީދެވެ.

އިމްރާން މުހައްމަދުގެ ގްރޫޕުން އިމާދުއްދީން ސުކޫލް ކެޓިއިރު، ގްރޫޕުގެ އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އޮތީ އަހުމަދިއްޔާ ސްކޫލެވެ. ދެ ވަނައިގައި ތިން ޕޮއިންޓާ އެކު މަޖީދިއްޔާ އޮތް އިރު، ތިން ވަނައިގައި ތިން ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ މިއަދުގެ މެޗުން މޮޅުވި ވިލިމާލޭ މުހްޔިއްދީނެވެ.

މި ގްރޫޕުން އަހުމަދިއްޔާ ދެ ވަނަ ބުރު ކަށަވަރުކޮށްފައިވާ އިރު ސެމީގެ ދެ ވަނަ ޖާގަ ލިބޭނީ މަޖީއްދިއްޔާ އާއި މުހްޔިއްދީން ކުޅެ މޮޅުވާ ޓީމަކަށެވެ. އެއްވަރުވެއްޖެ ނަމަ ސެމީ އަށް ދާނީ މަޖީދިއްޔާ އެވެ.

މުބާރާތުގައި މާދަމާ ހެނދުނު ކުޅޭނީ ދަރުމަވަންތަ އާއި ކަލާފާނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު