އިންޓަ ސްކޫލް ފުޓްބޯޅަ:
ކަލާފާންގެ މައްޗަށް ގަލޮޅު މަދަރުސާ ކުރިހޯދައިފި

މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި މިއަދު ހެދުނު ކުޅުނު މެޗް ގަލޮޅު މަދާރުސާ ކާމިޔާބުކޮށް، ކަލާފާން ސްކޫލްގެ މައްޗަށް ކުރިހޯދައިފި އެވެ. ގަލޮޅު މަދަރުސާއިން މެޗް ކާމިޔާބު ކުރީ 2-0 ލަނޑުން ނެވެ.

ގްރޫޕް އޭ ކަލާފާނާއި ގްރޫޕް ބީ ގެ ގަލޮޅު މަދަރުސާ ކުޅުނު މެޗްގައި ފުރަތަމަލަނޑު ޖަހާ ގަލޮޅު މަދަރުސާއިން ލީޑް ނެގީ މެޗުގެ 22 ވަނަ މިނެޓުގަ އެވެ. އެލަނޑު ގަލޮޅު މަދުރުސާއަށް ކާމިޔާބު ކޮށްދިނީ އަހުމަދު ލަތީފް އެވެ. މެޗްގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށް ލީޑް ފުޅާކޮށްދިނީ 55 ވަނަ މިނެޓްގައި ސިމާން އަބްދުއްﷲ އެވެ.

މުބާރާތުގައި މާދަމާ ހެދުނު ބައްދަލު ކުރާނީ މަޖީދިއްޔާ އާއި އަހުމަދިއްޔާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު