އަންހެންނަށް ޚާއްސަ "އެޑިޑާސް އަލްޓްރާ ބޫސްޓް އެކްސް" ރާއްޖޭގެ ބާޒާރަށް

އެޑިޑާސްއިން ބާޒާރަށް ނެރުނު "އަލްޓްރާ ބޫސްޓް އެކްސް"-- ފޮޓޯ: ސޮނީސްޕޯޓްސް

އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން އެޑިޑާސް އިން މުޅިން އަލަށް ދުނިޔޭގެ ބާޒާރަށް ނެރުނު "އެޑިޑާސް އަލްޓްރާ ބޫސްޓް އެކްސް" ސޮނީ ސްޕޯޓްސްއިން ރާއްޖޭގެ ބާޒާރަށް މިއަދު ތައާރަފްކޮށްފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގެ ކުޅިވަރު ސާމާނުގެ ވިޔަފާރިކުރަމުންދާ އަދި ދުނިޔޭގެ މަޝްހޫރު އެޑީޑާސް ބްރޭންޑުގެ، ޑިސްޓްރިބިއުޓާ ސޮނީ ސްޕޯޓްސްއިން އެ ބޫޓް ރާއްޖޭގެ ބާޒާރަށް ނެރެފައި މި ވަނީ ދުނިޔޭގެ ބާޒާރަށް ވެސް މި ބޫޓް ތައާރަފް ކުރި ދުވަހު އެވެ.

ސޮނީ ސްޕޯޓްސްއިން ބުނީ އަލްޓްރާ ބޫސްޓް އެކްސް ފަރުމާކޮށްފައި ވަނީ އެޑިޑާސް ޕްރައިމިނިޓް އަދި ކޮންޓިނެންޓަލް ރަބާ އައުޓްސޯލް ބޭނުންކޮށްގެން ދުވާ މީހުންނަށް އެންމެ ފަސޭހަވާނެހެން ފައިގެ ބައްޓަމާ ވެސް ގުޅޭ ގޮތަށެވެ. އަދި މި ބޫޓްގައި ހިމެނޭ ތަފާތު ކަމެއްގެ ގޮތުގައި ސޮނީ ސްޕޯޓްއިން ބުނީ އެ ބޫޓްގައި ހިމެނޭ ބޫސްޓް ޓެކްނޮލޮޖީގެ ސަބަބުން ދުވާ މީހުންނަށް ފަސޭހަވެގެންދާނެ ކަމަށެވެ.

ސޮނީ ސްޕޯޓްސްއިން ބުނީ އަލަށް ނެރުނު އަލްޓްރާ ބޫސްޓް އެކްސްގެ ދެ ކުލައެއް ޗާންދަނީމަގުގައި ހުންނަ ސޮނީ ސްޕޯޓްސްލައިފްސްޓައިލް އިން މިހާރު ލިބެން ހުންނާނެ ކަމަށެވެ.

comment ކޮމެންޓް