އިންޓަ ސްކޫލް ފުޓްބޯޅަ:
އިމާދުއްދީނާ ވާދަކޮށް މަޖީދިއްޔާ މޮޅުވެއްޖެ

މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި މިއަދު ހެދުނު ކުޅުނު މެޗް އިމާދުއްދީން ސުކޫލާއި ވާދަކޮށް 4-0 ލަނޑުން މަޖީދިއްޔާ ކާމިޔާބު ކޮށްފި އެވެ.

މާފަންނަ ޓާފް ދަނޑުގައި ކުޅުނު މެޗްގެ ފުރަތަމަ ލަނޑުޖަހައި މަޖިއްދިޔާއިން ލީޑް ނަގައި ދިނީ މެޗް 10 ވަނަ މިނެޓުގަ އެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ސާޒް ޝަރީފެވެ. ދެ ވަނަ ލަނޑު މެޗްގެ 38 ވަނަ މިނެޓުގައި ހަނީ ހަލީމް އެވެ. މަޖީދިއްޔާގެ ފަހު ދެލަނޑު ކާމިޔާބު ކޮށްދިނީ ހަސަން ސާއިފެ އެވެ.

މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގައި ހިމެނޭ އަށް ޓީމު ދެ ގުރޫޕަކަށް ބަހާލާފައި ވާއިރު، އިމާދުއްދީން ސުކޫލް ހިމެނެނީ ގްރޫޕް "އޭ" ފަޅީގައެވެ. އަދި މާޖިދިއްޔާ ސުކޫލް ހިމެނެނީ ގްރޫޕް "ބީ" ފަޅީގައެވެ. އަދި ގުރޫޕް ސްޓޭޖުން ސެމީ ފައިނަލަށް ދާނީ ދެ ގުރޫޕުގެ އެއްވަނަ އާއި ދެވަނަ ހޯދާ ޓީމުތަކެވެ.

މިމުބާރާތުގައި މާދަމާ ހެދުނު ބައްދަލު ކުރާނީ ކަލާފާން ސުކޫލާއި ގަލޮޅު މަދަރުސާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު