އަންހެނުންނަށް ވާނެ، އަންހެނުންނަށް ސައިކަލު ވެސް ދުއްވޭނެ!

ޝީޝާ ޝޯރޫމްގައި ހުރި ސައިކަލުތަކެއް -- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

އަންހެނުންނަށް ވެސް ސައިކަލު ދުއްވޭނެކަން ހާމަކޮށްދީ، އެކަމަށް ބާރުއެޅުމުގެ ގޮތުން ހޮންޑާގެ ޚާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

ހޮންޑާގެ، ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކީ ޝީޝާއެވެ. ޝީޝާގެ ހެޑް އޮފް މާކެޓިންގް ފާތިމަތު ޖުމާން ވިދާޅުވި ގޮތުގައި، ފަހަކަށް އައިސް ސައިކަލު ދުއްވާ އަންހެނުން ދަނީ އިތުރުވަމުންނެވެ.

"ގޭގައި ތިބޭ އަންހެނުންނާއި، ވަޒީފާއަށް ދާ އަންހެނުން ވެސް ސައިކަލުގައި އުޅޭ. ދުވަހުގެ ތެރޭގައި ކުރަން ޖެހޭ މަސައްކަތްތައް ފަސޭހަވެގެންދާނެ. މިސާލަކަށް ގޭތެޜޭގައި އުޅެމުން ދަރިން ސްކޫލަށާއި ޓިއުޝަނަށް ގެންދިއުމުގައި، ނުވަތަ ގެއަށް ބޭނުންވާ ސާމާނު ގަތުމަށް ފިހާރައަށް ދިއުމާއި، ވަޒީފާއަށް ދިއުމަށް ވެސް،" ޖުމާން ވިދާޅުވި އެވެ.

ޖުމާން ވިދާޅުވީ ޝީޝާއިން ވިއްކާ ހޮންޑާ މޮޑެލްތަކުގެ ސައިކަލުތަކުގެ ތެރެއިން، އަންހެނުންގެ މެދުގައި އެންމެ މަގުބޫލު މޮޑެލްއަކީ ހޮންޑާ ސްކޫޕީ ކަމަށެވެ. ސްކޫޕީގެ އެކްސްޓީރިއާ ވަރަށް ސްޓައިލިޝްވެފައި، ރީތި އިރު، ގިނަ ކަސްޓަމަރުންގެ ފީޑްބެކަށް ބަލާއިރު އެންމެ ފަސޭހައިން ހެންޑްލް ކުރެވޭ ސައިކަލަކީ ވެސް އެއީ ކަމަށް ޖުމާން ވިދާޅުވި އެވެ.

ޝީޝާ ޝޯވރޫމް -- ސަން ފޮޓޯ/ފަޔާޒް މޫސާ

މީގެ އިތުރުން ސްކޫޕީގެ ޔޫ ބޮކްސް ބޮޑުވެފައި، އޭގެ ރައްކާތެރިކަން އެހެެން މޮޑެލްތަކަށް ވުރެ އިތުރު އިރު، ސްކޫޕީއަކީ ފިއުލް އެފިޝެންސީގައި ވެސް އެންމެ ރަނގަޅު އެއް މޮޑެލް އެވެ.

އަންހެނުން ސައިކަލުގައި އުޅުމަށް ބާރުއެޅުމުގެ ގޮތުން #AWomanCan ނުވަތަ "އަންހެނުންނަށް ވާނެ" މި ނަމުގައި ޚާއްސަ ކެމްޕޭނެއް، ޝީޝާ އިން ވަނީ ފަށައިފަ އެވެ.

މިއަދުން ފެށިގެން އަންނަ މާޗު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ކެމްޕޭނުގެ ދަށުން، އަންހެނުންގެ މެދުގައި އެންމެ މަގުބޫލު ދެ މޮޑެލް ސްކޫޕީ އަދި ވޭވް110އައި ސައިކަލުތަކުން 2،000 ރުފިޔާއާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. މި ދެ ސައިކަލަކީ މިވަގުތު މާކެޓުގައި ހުރި އެންމެ އެފޯޑަބަލް ދެ މޮޑެލް އެވެ.

ޖުމާން ވިދާޅުވީ ޝީޝާ އިންސްޓޮލްމެންޓުގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކާއި، މޯލްޑިވްސް ފައިނޭންސް ލީސިންގް ކޮމްޕެނީގެ ސުކީމްތަކުގެ ދަށުން ސައިކަލު ނަގާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ ކަމަށެވެ.

އަދި ޝީޝާއިން ވިއްކާ ހޮންޑާގެ ހުރިހާ މޮޑެލްއެއް ވެސް ލިބެން ހުންނާނެ ކަމަށާއި ޕްރީއޯޑަރުކުރުމާއި، ސައިކަލް ރިޒާވް ކުރުމަށް އެޑްވާންސް ޕޭމެންޓު ދައްކަން ނުޖެހޭނެ ކަމަށް ޝީޝާ އިން ބުނެ އެވެ.

ޝީޝާ އިން މިދިޔަ މަހުގެ ތެރޭގައި ވަނީ ހޮންޑާ މޯލްޑިވްސްގެ ވެބްސައިޓު ލޯންޗުކޮށް، ޝީޝާ އިން ދޭ ޚިދުމަތްތައް އޮންލައިންކޮށްފަ އެވެ. މިއާ އެކު، ސައިކަލު ގަތުމަށާއި އިންސްޓޯލްމެންޓަށް އޮންލައިންކޮށް ވެސް އެދެވޭނެ އެވެ.

comment ކޮމެންޓް