ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އާއި ނައިބު ރައީސް ތާރިކް އަލް އައިސާމީ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ފެބްރުއަރީ 14): ވެނެޒުއޭލާގެ ނައިބު ރައީސް ތާރިކް އަލް އައިސާމީ، ބައިންލްއަގުވާމީ ފެންވަރުގައި މަސްތުވާތަކެތި ޓްރެފިކް ކުރާ ކަމަށް ބުނެ އޭނާއާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި އެވެ.

އެމެރިކާއިން ވަނީ އައިސާމީގެ ނަން އެގައުމުގެ ނާކޮޓިކްސް ލިސްޓުގައި ހިމަނާފައެވެ. އަދި އައިސާމީގެ އަރިސް ވިޔަފާރިވެރިއެއް ކަަމަށްވާ ސަމާކް ބެލޯއާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިިޔަވަޅު އަޅައިފައެވެ.

މިދިޔަ މަހު ވެނެޒުއޭލާގެ ނައިބު ރައީސް ކަމަށް އައްޔަން ކުރި އައިސާމީ އެފިޔަވަޅުތަކާ ބެހޭ ގޮތުން އަދި ވަކި އެއްޗެކޭ ވިދާޅުވެފައި ނުވެއެވެ. ނަމަވެސް މީގެ ކުރިން އޭނާ ވަނީ މަސްތުވާތަކެއްޗާ ގުޅުން ހުރި ކަމަށް ބުނެ ކުރާ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.

އެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން އެމެރިކާއިން ވަނީ އެގައުމުގައިވާ އައިސާމީގެ މުދާތައް ފްރީޒްކޮށް، އެމެރިކާއަށް ދިޔުން މަނާކޮށްފައެވެ.

އެމެރިކާގެ ޓްރެޝަރީން ނެރުނު ބަޔާނެއްގައިވާ ގޮތުން އައިސާމީ ވަނީ ވެނެޒުއޭލާއިން ކަނޑުގެ މަގުންނާއި ވައިގެ މަގުން މަސްތުވާތަކެތި ފޮނުވުމަށް އެހީތެރިވެދެއްވައިފައެވެ. އަދި ބޭރު ގައުމުތަކަށް ފޮނުވާ މަސްތުވާތަކެތި ރައްކާތެރި ކުރުމުގެ ބަދަލެއްގެ ގޮތުން ވެނެޒުއޭލާގެ ޑްރަގް ލޯޑް ވާލިދް މަކްލެދްއާ ނައިބު ރައީސަށް ފައިސާ ދެއްވާ ކަމަށް ޓްރެޝަރީން ބުނެ އެވެ.

އެމެރިކާގެ ޓްރެޝަރީ އޮފީހުގެ ވަގުތީ ޑިރެކްޓަރު ވިދާޅުވި ގޮތުގައި އެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި ވަނީ ގިނަ އަހަރުތަކެއް ވަންދެން ކުރިއަށް ގެންދިޔަ ތަހުގީގުތަކަށް ފަހުގައެވެ.

ނައިބު ރައީސް އައިސާމީ ވަނީ މީގެ ކުރިން 2008ކުން 2012 އަށް ވެނެޒުއޭލާގެ އިންޓީރިއާ މިނިސްޓަރުކަން ކުރައްވައިފައެވެ. (ބީބީސީ)

comment ކޮމެންޓް