ސްކޫލް ކްރިކެޓް:
ލީގުގެ ދިހަ ވަނަ މެޗް ތާއްޖުއްދީން ސުކޫލުން ކާމިޔާބު ކޮށްފި

ކްރިކެޓް ބޯޑް އޮފް މޯލްޑިވެސް އިން އިންތިޒާމް ކޮށްގެން މިހާރު މާލޭގައި އަލަށް ބާއްވާ ސްކޫލް ކްރިކެޓް ލީގުގެ ދިހަ ވަނަ މެޗް ތާއްޖުއްދީން ސުކޫލް އިން ކާމިޔާބު ކޮށްފި އެވެ.

ކުޅިވަރު އެކުވެނީ އެއް ނަންބަރު ދަނޑުގައި އިއްޔެ ކުޅުނު މިމެޗް ތާއްޖުއްދީން ސުކޫލް އިން ކާމިޔާބު ކުރީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި ބައްދަލުކޮށް 13 ލަނޑުން މެޗް ކާމިޔާބު ކޮށްގެންނެވެ.

ޓޮސް ދިމާވުމުން އިއްޔެ މެޗްގައި ތާއްޖުއްދީން ސުކޫލް ކުޅެންއަރާ ތިން ކުޅުންތެރިން ނުބައިނުވެ 54 ލަނޑު ހެދި އެވެ. އެގޮތުން މި މެޗްގައި ތާއްޖުއްދީން ސުކޫލުން އެންމެ ރަނގަޅަށް ކުޅުނީ 21 ލަނޑު ހެދި ހަލަފާއި 11 ލަނޑުހެދި އިކްރަމްއެވެ. އަދި މިމެޗްގައި ތާޖުއްދީން ސުކޫލްގެ ތިން ކުޅުންތެރިން ވެސް ނުބައިވީ ރަންއައުޓްވެގެންނެވެ.

ޖަވާބުގައި އިއްޔެ ގިޔާޒުއްދީން އިންޓަނޭޝަނަލް ސުކޫލް ކުޅެންއަރާ އަށް އޯވަރު ހަމަވިއިރު ތިން ކުޅުން ތެރިން ނުބައިވެގެން 41 ލަނޑު ހެދި އެވެ. އަދި އެންމެ ރަނގަޅަށް މިމެޗްގައި ކުޅުނީ ނުބައިނުވެ 14 ލަނޑު ހެދި ޖިލްވާޒު އެވެ. މި މެޗްގައި ތާޖުއްދީން ސުކޫލުން ވިކެޓްނެގީ މާހިލް އެވެ.

މިމުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ހަމަޖެހިފައި ވާއިރު، ފުރަތަމަ މެޗްގައި މިއަދު މެންދުރު ފަހު 2:30 ގައި ބައްދަލުކުރާ ދެ ޓީމަކީ ވިލިމާލޭ މިހިއްދީން ސުކޫލާއި ކަލާފާން ސުކޫލެވެ. ދެ ވަނަ މެޗްގައި ބިލަބޮންގް ސުކޫލާއި އިމާދުއްދީން ސުކޫލް ބައްދަލުކުރާ އިރު، މިމެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ފުރަތަމަ މެޗް ނިމުމުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު