މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން އެއްގަޑިއިރަށް ކަރަންޓް ކަނޑައިގެން ގޮސް، ދަތުރުވެރިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއްޖެ

10:00


މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ރޭ އެއްގަޑިއިރަށް ކަރަންޓް ކަނޑައިގެން ގޮސް، ދަތުރުވެރިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.


ގަޑިއެއްހާ އިރަށް ކަރަންޓް ކަނޑައިގެންދިޔައިރު ގިނަ ބަޔަކު ފުރަންވެގެން ގޮސް، ނުފުރިފައި ތިބެންޖެހުނު ކަމަށާއި އަދި ގިނައިރުތަކެއް ވަންދެން ތިބުމަށްފަހު ފްލައިޓް ކެންސަލްވުމުން އިތުރު ތަކުލީފުތަކެއް އުފުލަންޖެހުނު ކަމަށް އެއާޕޯޓަށް ފުރަންދިޔަ ބައެއް ފަރާތްތަކުން ބުންޏެވެ.


އެއާޕޯޓްގައި ފުރަންގޮސްހުރި މީހަކު ސަންއެފްއެމްގެ ބްރޭކިން ނިއުސް އަށް ރޭ ދިން އިންޓަރވިއުއެއްގައި ބުނީ އެވަގުތު ޑޮމެސްޓިކް ދެ ފްލައިޓަކުން 80 ވަރަކަށް މީހުން ފުރަންގޮސް ތިބި ކަމަށެވެ. އަދި އެއްގަޑިއިރަށް ކަރަންޓް ކަނޑައިގެން ދިއުމުން ކަނުއަނދިރީގައި އެތާ ތިބެންޖެހުނު ކަމަށް ވެސް އޭނާ ބުންޏެވެ.


މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީގެ ހިއުމަން ރިސޯސަސް އެންޑް ޕަބްލިކް ރިލޭޝަން ރަހުމަތުﷲ އަޝްރަފް މިއަދު ވިދާޅުވީ ރޭ 10 ޖަހާކަންހާއިރު އިންޖީނުގެއަށް ދިމާވި މައްސަލައަކާ ގުޅިގެން ޑިޕާޗާ ހޯލުންނާއި، ބޯޑިންގް ގޭޓްސް ތަކުންނާއި އަދި ޑޮމެސްޓިކް ޓާމިނަލުން އެއް ގަޑިއިރަށް ކަރަންޓް ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެއްވެސް އިންޓަނޭޝަނަލް ފްލައިޓެއް ޑިލޭ ނުވިނަމަވެސް ޑޮމެސްޓިކް ދެ ފްލައިޓެއް ޑިލޭވި ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު