އިންޓަ ސްކޫލް ވޮލީ މުބަރާތް އަންނަ މަހު ފަށަނީ

ތިން އުމުރު ފުރައަކަށް ބަހާލައިގެން ބާއްވާ 17 ވަނަ އިންޓަ ސުކޫލް ވޮލީބޯލް މުބާރާތް އަންނަ ޖުލައި މަހުގެ ފަށާ ގޮތަށް ވޮލީ އެސޯސިއޭޝަނުން ހަމައްޖައްސައިފި އެވެ. މުބާރާތް ފަށާނީ ޖުލައި ހަތެއްގަ އެވެ.

އެސޯސިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ ޖުލައި 21 ގެ ނިޔަލަށް ބާއްވާ މުބާރަތުގައި ތިން އުމުރުފުރައަކުން ބައިވެރިވެފައިވާ ކަމަށެވެ. އެއީ 14 އަހަރުން ދަށާއި 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ބާއްވާ މުބާރާތުގައި 14 އަހަރުން ދަށުގެ އަންހެން ފިރެހެން ދެބައި އެއްކޮށް ޖުމްލަ 11 ސުކޫލަކުން ބައިވެރިވެފައި ވާއިރު، 16 އަހަރުން ދަށުގެ އަންހެން ފިރިހެން އެއްކޮށް ބައިވެރި ވެފައި ވަނީ 10 ސުކޫލަކުން ނެވެ. އަދި 19 އަހަރުން ދަށުގެ އަންހެން ފިރިހެން ކުދިންގެ ބައިން ބައިވެރިވެފާ ވަނީ 16 ސުކޫލަކުންނެވެ.

މިމުބާރަތުގައި ބައިވެރިވުމަށް އެދި ޖެނުއަރީ މަހު އިއުލާން ކުރުމާއި ގުޅިގެން މިހާތަނަށް ޖުމްލަ 18 ސުކޫލަކުން ވަނީ ބައިވެރިވެފަ އެވެ.

މުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ މާދަމާ އެވެ. އަދި މިހާތަނަށް މިމުބާރަތުގައި ބައިވެރިވި އެކިއެކި އުމުރު ފުރާތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެސޯސިއޭޝަނުން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު