ޖޭއެސްސީގެ މެންބަރު ކަމަށް ގާސިމް ހަމަޖައްސަވައިފި

ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ގާސިމް އެ ކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެެއްސެވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ބ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 5 ވަނަ ވަނަ ނަމްބަރުގައިވާ ގޮތުގެ މަތިން ކަމަށެވެ.

ގާސިމް އިބްރާހީމް އެކޮމިޝަންގެ މެންބަރު ކަމަށް ހަމަޖެއްސެވި ކަމުގެ ލިޔުން ރައީސުލްޖުމްހޫރިއްޔާ ހަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

ގާސިމް އެ ކޮމިޝަނަށް ހޮވިވަޑައިގަތީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުން ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި 75 މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ވޯޓް ލިބިވަޑައިގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު