ހަތަރު އަހަރަށް ފަހު އެވްރިލް ލެވީންގެ އާ އަލްބަމެއް އަންނަ އަހަރު

އެވްރިލް ލެވީންގެ ލަވަތަކަށް އިންތިޒާރު ކުރަމުންދާ ފޭނުންނަށް އަންނަ އަހަރަކީ އުފާވެރި އަހަރަކަށް ވާނެ އެވެ. ކެނެޑާއަށް އުފަން ލަވަކިޔުންތެރިއާ ވަނީ މިދިޔަ ހޯމަ ދުވަހު އޭނާގެ އާ އަލްބަމެއް އަންނަ އަހަރުގެ ތެރޭގައި ނެރޭނެކަން އިއުލާންކޮށްފަ އެވެ.

މިއީ 2014 ވަނަ އަހަރު އެވްރިލް ލެވީން ލައިމް ބައްޔަށް ޑައިގްނޯސް ވުމަށް ފަހު އޭނާ ނެރޭ ފުރަތަމަ އަލްބަމެވެ. އޭނާ އެންމެ ފަހުން އަލްބަމެއް ނެރެފައި ވަނީ 2013 ވަނަ އަހަރު އެވެ.

އަންނަ އަހަރު އޭނާގެ އާ އަލްބަމެއް ނެރޭނެކަން އިންސްޓަގުރަމް އެކައުންޓުގައި އިއުލާންކުރަމުން އެވްރިލް ބުނީ، ލައިމް ބައްޔާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔަ ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި އަންނަ އަހަރުގެ ތެރޭގައި އާ މިއުޒިކެއް ނެރުމުގެ ވިސްނުމުގައި މަސައްކަތް ކުރަމުންދިޔަ ކަމަށެވެ.

"އަހަރެންގެ އާ ލަވަތައް އިއްވައިދިނުމަށް އަހަރެން މިހުރީ ކެތްމަދުވެފައި. 2017 ވަނަ އަހަރަކީ ކާމިޔާބު އަހަރަކަށް ވާނެ،" އެވްރިލް ލެވީންގެ އިންސްޓަގުރަމް އެކައުންޓުގައި ބުނެފައިވެ އެވެ.

އެވްރިލްގެ މެސެޖުގައި ބުނީ، ލައިމް ބައްޔާ ހަނގުރާމަ ކުރުމަކީ ކުރި އެހާ ބުރަ ހަނގުރާމައެއް ނޫން ނަމަވެސް، އެކަމުގެ ސަބަބުން އޭނާގެ އާ މިއުޒިކަށާއި ފަންނުވެރިކަމުގެ އިތުރުން ދިރިއުޅުމުގައި އެއްޗެހިތަކެއް ދަސްވެއްޖެ ކަމަށެވެ.

އަދި އޭނާ އުފައްދާފައިވާ އެވްރިލް ލެވީން ފައުންޑޭޝަން މެދުވެރިކޮށް ލައިމް ބައްޔާމެދު މީހުން ހޭލުންތެރިކުރުވާ އެކަމާ ދެކޮޅަށް ހަނގުރާމަކުރުމަށް އިސްކަންދޭނެ ކަމަށް ބުނެފައިވެ އެވެ.

ލައިމް ބައްޔަށް ޑައިގްނޯސްވެފައިވާ ކަން އެވްރިލް ހާމަކުރީ 2015 ވަނަ އަހަރުގެ އޭޕްރިލް މަހު "ޕީޕަލް" އަށް ދިން އިންޓަވިއުއެއްގަ އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު