ސްކޫލް ކްރިކެޓް ލީގް:
އިއްޔެގެ މެޗް މުހިއްދީން ސްކޫލަށް

ރާއްޖޭގެ ކްރިކެޓް ބޯޑުން ބާއްވާ ފުރަތަމަ ސްކޫލް ކްރިކެޓް ލީގްގެ ހަތަރު ވަނަ މެޗް ވިލިމާލޭ މުހިއްދީން ސުކޫލް ކާމިޔާބު ކޮށްފި އެވެ. ޖަމާލުއްދީން ސުކޫލާއި ވާދަކޮށް މުހިއްދީން ސުކޫލުން މެޗް ކާމިޔާބު ކުރީ ހަ ވިކެޓުންނެވެ.

އިއްޔެގެ މެޗްގައި ޓޮސް ދިމާގެން ޖަމާލުއްދީން ގަސްތުކުރީ ކުޅުމަށެވެ. އެގޮތުން ފަސް ކުޅުން ތެރިން ނުބައިވެގެން ހަދާފައިވަނީ 47 ލަނޑެވެ. އަދި ޖަމާލުއްދީން ސުކޫލުން އެންމެ ރަނަގަޅަށް ކުޅުނީ 16 ލަނޑުހެދި އީމާނ ްއެވެ. މުހިއްދީން ސްކޫލުން ވިކެޓްނެގީ ހުޝާމާއި އާސިދެވެ. މިއިން ކޮންމެ ކުޅުން ތެރިޔަކު ވެސް ދެ ވިކެޓް ނެގި އެވެ.

މީގެއިތުރުން ޖަވާބުގައި މުއިޔިއްދީން ސްކޫލް ކުޅެންއަރާ ހަ އޯވަރުގެ ތެރޭގައި ހަތަރު ކުޅުންތެރިން ނުބައިނުވެ، 58 ލަނޑުހެދި އެވެ. މުއިޔިއްދީން ސްކޫލްގެ އާދަމް ނާސިފް 15 ލަނޑު ހެދި އިރު ޖަމާލުއްދީން ސުކޫލުން އަރުވިންދު ދެ ވިކެޓް ނެގި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު